ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކުޑަރިކިލުގައި ފުރަބަންދު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި މީހާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނު ނިންމާލުމަށްފަހު ހެދި ޓެސްޓުންނެވެ.

ކުޑަރިކޮލު ކައުންސިލް މެމްބަރު އާސިފް މޫސާ  ވިދާޅ:ުވީ ޕޮޒިޓިވްވި މީހާ ކަރަންޓީނުގައި ހުރީ އެކަނި ކަމަށާއި އެހެންވެ، އޭނާގެ ސަބަބުން އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.  ނަމަވެސް ރައްކާތެރިކަމަށްޓަކާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮޒިޓިވް ވި ބިދޭސީ މީހާގެ ހާލު މިވަގުތު ރަނގަޅުކަމަށާއި އޭނާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ވެސް އާސިފު ވިދާޅުވި އެވެ.

މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭއިރު، ބައެއް ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެގޮތުން މިއަތޮޅު ހިތާދޫ، އޭދަފުށި އަދި ކަމަދޫ ގައި ވެސް ކަރަންޓީނުގެ މުއްދަތު ހަމަވި ފަހުން ޓެސްޓް  ކުރުމުން ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން އޭދަފުށިން ޕޮޒިޓިވް ވި ދެ ބިދޭސިން ބަލިން ރަނގަޅުވެގެން މިހާރުވަނީ ދޫކޮށްލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.