އޭދަފުށީ ކޮވިޑް ފެސިލިޓީގައި ތިން މީހަކު އެޑްމިޓް ކޮށްގެން ފަރުވާދެނީ

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކުރި ކޯވިޑްއަށް ފަރުވާދޭ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހުން މެސިންތައް އޮޕަރޭޓް ކުރަނީ. ފޮޓޯ ޕީއެސްއެމް ނިއުސް

ކޮވިޑް-19 ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ތިން މީހަކަށް ފަރުވާދެމުން އެބަ ގެންދެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން “އީޓީ” އަށް މިއަދު ވިދާޅުވީ އޭދަފުށީ މެޑިކަލް ފެސިލިޓީގައި ތިން މީހަކަށް ވޯޑުގައި ފަރުވާ ދެމުން އަންނައިރު އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށް މިހާރު ވޯޑްގައި ފަރުވާދެމުން އަންނަ ތިން މީހުންނަކީ މިއަތޮޅު ރޯޔަލް އައިލެންޑް ރިސޯޓްގެ އައިސޮލޭޝަން ފެސިލިޓީން ގެނައި ތިން މީހެކެވެ

އޭދަފުށީގައި ގާއިމުކުރި ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދޭނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށެވެ. މީގެ ކުރިން ވެސް އެތަނުގައި އެޑްމިޓްކޮށް ދެ މީހަކަށް ވަނީ ފަރުވާދީފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދިވެހިން އިތުރުވެ، އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިހާރު ދަނީ ގިވަމުންނެވެ. އެހެންވެ، ރަށްރަށަށް ދަތުރު ކުރުމުގެ އުސޫލުތައް ވެސް ވަނީ ހަރުކޮށިކޮށްފަ އެވެ.

ކޮވިޑް ޖެހިފައިވާ މީހުން މިހާރު ތިބީ މާލެ ސަރަހައްދާއި ފޭދޫގެ އިތުރުން ހއ. އިން ކެލާ، އިހަވަންދޫ، ފިއްލަދޫ، ހދ. އިން ނާވައިދޫ، ބ. އަތޮޅު ކުޑަރިކިލު، ކަމަދޫ، ޅ. އަތޮޅުން ހިންނަވަރު، ކ. މާފުށި، ވ. އަތޮޅުން ފުލިދޫ އަދި ފުވައްމުލަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.