އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހު

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރުގެ އޮގަސްޓު މަހު ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދި އާންމު ކުރި ކަލަންޑަރުގައިވާ ގޮތުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގަ އެވެ. ފުރަތަމަ ޓާމަށް 198 ދުވަސް ދެ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށެވެ. ދެވަނަ ޓާމްގައި ކިޔަވައިދޭނީ 113 ދުވަހު އެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރަން ނިންމީ، ކޮވިޑް-19 އާ ގުޅިގެން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިތައް ހައްލުކުރުމަށެވެ. ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ.

އަންނަ އަހަރުގެ މެއި/ޖޫން މަހު ބާއްވާ އޯ ލެވެލް އިމްތިހާނު، ޖޫން 14 އަދި އޭ ލެވެލް އެ މަހުގެ 21 ގައި ނިމޭނެ އެވެ. ދަރިވަރުންނަށް، އަހަރީ ބޮޑު ޗުއްޓީ ދޭނީ އޭގެ ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.