ތާރު އެޅުމާ އެކު އޭދަފުށީގެ މަގުތަކަށް ރީތިކަން

ބ. އޭދަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން އެ ކުންފުނިން ވަނީ ދުވާރުތަކުގެ ޑިޒައިންތައް ބަލައި ތާރު އެޅުމުގެ މަސައްކަތާއި މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ސްޓޯމް ވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި ގްރެވިޓީ ޕައިލް ނެޓްވޯކް އެޅުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅަނީ، ދެ ފަރާތުގައި ޕޭވްމަންޓް ހަދައި، ބޮޑެތި މަގުތަކުގެ ދެ ފަރާތުގައި ގަސް އިންދާ ގޮތަށެވެ.

ޒަމާނީ ފެންވަރަކަށް އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ދިޔަ ނަމަވެސް ކައުންސިލްގެ ބައެއް ޝަކުވާތައް އެބަ ހުއްޓެވެ. އެގޮތުން ޕާކްކުރާނެ އެކަށީގެންވާ ޖާގަ ނެތުމާއި ތާރުގެ ފެންވަރު ދަށްކަން ފާހަގަކުރެވިގެން އެކަމުގެ ޝަކުވާތައް ވެސް ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި ޕާކްކުރާނެ އެކަށީގެންވާ ޖާގަ ނެތީ މި މަޝްރޫއުގެ ތެރޭގައި ހިމެނިފައި ނެތުމުން ކަމަށެވެ. ނަމަވެސް މަޝްރޫއު ނިމުމުން ކައުންސިލުން އެކަން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

“އަޅުގަނޑުމެން ބޭނުންވަނީ މިހެން ދިމާވާ ކަންކަން އެންމެ ރަނގަޅު ގޮތެއްގައި ކައުންސިލުގެ ބަޖެޓު ތެރެއިން ކުރެވޭނެ ނަމަ އެކަން ހައްލު ކުރަން، އަދި ތާރުގެ ކޮލިޓީ ދަށްކަމަށްބުނެ ކުރާ ޝަކުވާތަކާ ގުޅިގެން ކައުންސިލުން މަސައްކަތް ކުރާ މީހުން ގެނެސް ދަނީ ކޮލިޓީ ރަނގަޅުކުރުމަށް ވާހަކަ ދައްކާ މަސައްކަތް ކުރަމުން،”

ދައުލަތުގެ ބަޖެޓުން 38.3 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، މި ރަށުގެ ގިނަ މަގުތަކެއްގައި ތާރު އަޅާނެ އެވެ. 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.