އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ މުއްދަތު އިތުރުކޮށްދީފި

އުރީދޫ އަތޮޅު ދުވުމުގައި ބ. އަތޮޅު ތަމްސީލުކުރި އިމާދު ދުވަނީ– އީޓީ ފޮޓޯ

އުރީދޫ އަތޮޅު ދުވުމުގެ ބައިވެރިންނަށް ދުވުން ފުރިހަމަ ކުރުމަށް މާދަމާގެ ނިޔަލަށް މުއްދަތު އިތުރުކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި ދެ ދުވަހުގެ މުއްދަތަކަށް މިދިޔަ ހުކުރު ދުވަހު ފެށި މި ދުވުމުގެ މުއްދަތު އިތުރުކުރީ ރަޖިސްޓްރީވެފައިވާ ހުރިހާ ދުވުންތެރިންނަށް ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެހެންކަމުން މިހާރު ދުވުން ފުރިހަމަކުރުމަށް މާދަމާރޭ 11:59އާ ހަމައަށް ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭގޮތަށް ރޭވިފައިވާ ފުރަތަމަ ވަރޗުއަލް ރަންއެވެ.

އާއްމު ދުވުންތަކާއި ޙިލާފަށް، މި ވަރޗުއަލް ދުވުމަކީ 48 ގަޑިއިރުގެ ތެރޭގައި، ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް ފުރިހަމަ ކޮށްލެވޭނެ ދުވުމެކެވެ. މި ދުވުމުގައި 5832 މީހުން ބައިވެރިވެފައިވެއެވެ.

އުރީދޫ އަތޮޅު ދުވުމުގެ ޕާރޓްނަރުންނާއި ގުޅިގެން ދުވުންތެރިންނަށް ވަރަށް ޙާއްޞަ އިނާމްތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އެގޮތުން ދުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބޭނެއެއެވެ. ފޮޓޯ ޝެއަރ ކުރައްވާ އިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކުރައްވާ #OoredooAtholhuDhuvun #MavesDhuvan ހޭޝްޓެގް ބޭނުން ކުރަންޖެހެއެވެ. މީގެ އިތުރުން ޕޯސްޓް ފެންނާނެހެން އެކައުންޓް ޕަބްލިކް ކުރުމަށްވެސް އުރީދޫ އިން އިލްތިމާސްކުރެއެވެ.

އަދި ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދެއްވާ ޙާއްޞަ އިނާމެއްގެ ގޮތުގައި ލިބޭނެއެވެ.

މީގެ އިތުރުން، ވަރޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗަރ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ ބޭފުޅުންނަށް ރޭގަނޑުގެ ކެއުމެއް ވެސް ލިބޭނެއެވެ.

އުރީދޫން ބުނީ އަތޮޅު ދުވުމުގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުން ކަމަށެވެ.

މިއީ، އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ދުވުމެކެވެ. މި ދުވުމުގެ ލައިވް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އާއްމުކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.