ޑެޕިއުޓީ ގަވަރުނަރަކަށް އިމާދު އައްޔަން ކުރަން ރުހުން ދީފި

އަހުމަދު އިމާދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރަކަށް، ބ. އޭދަފުށި ދިޔަވަރުގެ، އަހުމަދު އިމާދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް އިމާދު އައްޔަން ކުރަން ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އިމާދުގެ މައްސަލަ ދިރާސާކުރި މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ 10 މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޑެޕިއުޓީ ގަވަރުނަރު ކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށެވެ. އެކަމަކު ކޮމެޓީގެ އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހެ އެވެ.

މަރުކަޒީ ބޭންކުގައި މަސައްކަތް ކުރައްވާތާ 20 އަހަރު ވެފައިވާ  އަދި އެތަނުގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި މިހާރު ހުންނެވި އިމާދު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް ހަމަޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިލު ނިންމެވީ، އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ޒާހިރާ ރިޓަޔާ ކުރެއްވުމުންނެވެ.

އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް ފުރުއްވަމުންނެވެ.

އިމާދު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.