ބޭރަށް ނުކުންނަ ނަމަ މާސްކް އަޅަން އަނެއްކާވެސް އިލްތިމާސްކޮށްފި

ހޯމް ކަރަންޓީނުގެ ގޮތުގައި އޭދަފުއްޓަށް އަންނަ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މިހާރު ދުވަހެއް ދުވަހަށް އިތުރުވަމުންދާތީ، ބަލިން ރައްކާތެރިވުމުގެ ގޮތުން ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކޮންމެހެން ނުކުންނަންޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި ގެއިން ބޭރަށް ނުކުންނަ ނަމަ، މާސްކް އެޅުމަށް ހަނދާންކޮށްދީފަ އެވެ.

“…އަދި މިރަށަކީ އެޗްޕީއޭގެ ފަރާތުން އާއްމުކޮށްފައިވާ ގޮތުން މިހާރުވެސް މާސްކު އެޅުން މަޖުބޫރު ރަށަކަށްވާތީ އެފަރާތުގެ އެންގުމާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ކިޔަމަންތެރިކަން އަދާކުރެއްވުމަށް ދެންނެވީމެވެ. ހަމައެހެންމެ އެކަކު އަނެކަކާ ބައްދަލުވާހިނދު ގައިދުރުކަން އިސްކޮށް ގިނަ ބަޔަކު އެއްވެގެން ހިންގޭ ހަރަކާތްތައް މިދުވަސްވަރު އެއްވެސް ވަރަކަށް ކުރިއަށް ނުގެންދިއުމަށް ވެސް ނަސޭހަތްތެރިވަމެވެ،” ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.

އޭދަފުށިން މިހާތަނަށް ދިހަ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.