ކްރެޑިޓް ނެތަސް އުރީދޫ ނަންބަރުތަކުން މިހާރު މިސްޑް ކޯލް ދެވޭނެ

އުރީދޫ ޕްރިޕެއިޑް އަދި މިކްސް ޕެކޭޖް ކަސްޓަމަރުނަށް ކްރެޑިޓް ނެތަސް ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށްވެސް މިސްޑް ކޯލް ދެވޭ ހިދުމަތެއް އުރީދޫ އިން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ މި ހިދުމަތާއި އެކު އުރީދޫ ކަސްޓަމަރުންނަށް ކްރެޑިޓް ބެލެންސް ނެތް ވަގުތެއްގައި އާއިލާއާއި ރައްޓެހިންނާއި ދުރުގައި ވީނަމަވެސް މިސްޑް ކޯލް އެއް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށެވެ.

މުޅިން ހިލޭ ފޯރުކޮށްދޭ އެ ހިދުމަތް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަންއެއް ނުވަތަ އެކްޓިވޭޝަންއެއް ވެސް ބޭނުމެއް ނުވާނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުން އިތުރަށް ގުޅުވާލެވޭނެ ލުއިފަސޭހަ ގޮތްތައް ތައާރަފްކުރުމަށް ކަމަށެވެ.

އެގޮތުން މިއަދު ތައާރަފްކުރި މިސްޑް ކޯލްގެ ހިދުމަތާއެކު އުރީދޫ ޕްރިޕެއިޑް އަދި މިކްސް ޕެކޭޖް ގެންގުޅޭ ކަސްޓަމަރުންނަށް ފޯނުގައި ކްރެޑިޓް ބެލެންސް ނެތްކަމުގައިވިޔަސް ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށް ގުޅާލިޔަސް އެފަރާތަކަށް މިސްޑް ކޯލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އުންމީދަކީ މި ހިދުމަތާއި އެކު، ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އެންމެ ބޭނުންވާ ވަގުތުތަކުގައި ގުޅާލުމުގައި އިތުރު ލުޔެއް އަނެއްކާވެސް ލިބިގެންދިއުން،” އޭނާ ވިދާޅުވިއެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު http://ore.do/missedcall އިން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.