ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސްކޫލުގައި ޕާކެއް ހަދައިފި

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ސްކޫލް ކުރިމަތީގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހިތް ފަސޭހަ މައިޒާނަކާއި ބައިސްކަލްތައް ޕާކު ކުރުމަށް ހާއްސަ ޖާގައެއް ހަދައިފިއެވެ.

ބީއެމްއެލް އިން ބުނީ ކެލާގެ އައިޑިއާސް ޖަމްއިއްޔާ އިން ބޭންކުގެ އެހީތެރިކަމާއެކު ނިންމި މި މައިޒާނާށް އެ ޖަމިއްޔާއިން ދީފައިވާ ނަމަކީ ‘ކެލާ ސްކޫލް ފިނި ޕާކް’ އެވެ

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް ބޭންކުން މިދަނީ އެހީތެރިވަމުން ކަމަށެވެ. އައިޑިއާސް ޖަމިއްޔާއިން ކެލާގައި ނިންމި ޕްރޮޖެކްޓަކީ ރަށުގެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފަސޭހަތަކެއް ހޯދައިދެވުނު އަދި ތިމާވެށްޓާ ރަށްޓެހި ޕްރެޖެކްޓެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެއީ ކެލާގެ ރައްޔިތުން ބަލައިގަންނާނެ ޕްރޮޖެކްޓަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސްކޫލް ކުރިމަތީގައި ހުރި ހިޔާ ބޮޑު ގަސްތަކުގެ ބޭނުން ހިފައި މިވަނީ ބެލެނިވެރިން އިށީނދެގެން ތިބުމަށް ބެންޗުތަކެއް ބަހައްޓާފައެވެ. އަދި ހަމައެހެންމެ ސްކޫލްއަށް އަންނަ ދަރިވަރުން ބައިސްކަލް ޕާކުކޮށްފައި ބެހެއްޓުމަށް ވަކި ހާއްސަ ޒޯނެއް ކަނޑައަޅައި އެ ސަރަހައްދުވަނީ ހިޔާކޮށް، ތަރުތީބުން ބައިސްކަލް ޕާކުކުރެވޭނެ ގޮތްވެސް ހަމަޖައްސާފައެވެ.

އައިޑިއާސް ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ، ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިން ވެސް އަދި ސްކޫލް ދަރިވަރުން ވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެން ޖެހެނީ ކޮޅަށް ކަމަށާއި ބައެއް ފަހަރު އަވީގައި ތިބެން ޖެހޭ ކަމަށެވެ. މީގެ އިތުރުން ބައިސްކަލް ޕާކް ކުރުމަށް ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ބައިސްކަލް ޕާކްކޮށްފައި ބަހައްޓަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓް ހިންގުމަށް އެހީވެދިން އެންމެހާ ފަރާތްތަކަށާއި ބީއެމްއެލަށް އެ ޖަމިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

“މި ޕްރޮޖެކްޓަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ ގިނަ މެންބަރުންގެ އެހީތެރިކަން ލިބިގެން ދިޔަ. މި ފުރުސަތުގައި ބީއެމްއެލްއަށާއި އެހޭތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. މަސައްކަތް އެއްކޮށް ނިންމާލެވި، އައިޑިއާސްގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން.” އައިޑިއާސްގެ އޮފިޝަލަކު

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައި ކަމަށް ބީއެމްއެލުން ބުނެއެވެ. މި ފިޔަވަހީގެ ދަށުން 5 ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.