ކޮވިޑް-19: އޭދަފުށިން ޕޮޒިޓިވް ވި ޒުވާނާ ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާ ސާމްޕަލެއް

ބ. އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ޒުވާނާ އެ ބަލިން ރަނގަޅުވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، ހޯމް ކަރަންޓީނުގައި ހުއްޓާ އޭދަފުށިން ކޮވިޑް-19 ޖެހުނު ދިވެހި ޒުވާނާ ރަނގަޅުވެފައިވާ ކަމަށެވެ.

މިއީ ހޯމް ކަރަންޓީންގައި ހުއްޓާ އޭދަފުށިން ޕޮޒިޓިވްވި 3 ވަނަ މީހާއެވެ. އޭދަފުށިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީންނެވެ. އެމީހުން މިހާރު ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލާފައެވެ.

އޭދަފުށިން މިހާތަނަށް މިބަލި ޖެހިފައިވާ 10 މީހުން ފެނިފައިވާއިރު އެ އެންމެން ވެސް ޕޮޒިޓިވް ވެފައިވަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ހެދި ޓެސްޓުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ އަންނެނަކާއި ތިން މަހުގެ ކުޑަކުއްޖެއް ހިމެނެއެވެ. މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި ސަރަހައްދުން ކޮވިޑް ޖެހިގެން އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެނެސް ފަރުވާދިން 81 އަހަރުގެ މީހަކަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ހޯމަ ދުވަހު ވަނީ ދޫކޮށްލައިފި އެވެ. މިހާރުވެސް އުމުރުން ދުވަސްވީ ބަލިހާލު ބޮޑު އިތުރު މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 8،741 އަށް އަރައިފަ އެވެ. މީގެ ތެރެއިން 6،157 މީހަކު މިހާތަނަށް ރަނގަޅުވެ އަދި 29 މީހުން ވަނީ މަރުވެފަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،549 އެވެ. ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިއަދު ވަނީ 139އަށް ދަށްވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.