އާމްދަނީގެ ގޮތުގައި ސަލީމަށް 2.9 މިލިޔަން ރުފިޔާ

މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް( ރެޑްވޭވް ސަލީމް) އަށް ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު އާއްމުކޮށްފައިވާ، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ މާލީ ބަޔާނުގައި ބުނާ ގޮތުން އޭނާއަށް މިދިޔަ އަހަރުގެ މެއި މަހުގެ 28އިން ފެށިގެން މި އަހަރުގެ މެއި 27ގެ ނިޔަލަށް އެ ފައިސާ ލިބިވަޑައިގަތީ މަޖިލީހުގެ މެމްބަރު ކަމުގެ މުސާރައިންނާއި ކުންފުނީގެ މުސާރައިންނެވެ. އެގޮތުން 1.8 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެގޮތަށް އޭނާއަށް ލިބިވަޑައިގަތެވެ.

އަދި އޭނާގެ މިލްކިޔާއްތުގައި ހުރި ހ. ފަށަން ގޭގައި ހުންނަ އުރީދޫ އެންޓަނާގެ މަހު ކުލިގެ ގޮތުގައި 180،000 ރުފިޔާ ލިބިވަޑައިގެންނެވި އިރު، ރެޑްވޭވް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ފައިދާއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންނެވި އެވެ.

ސަލީމުގެ ނަމުގައި މެލޭޝިޔާގައި އެޕާޓްމެންޓެއް ހުރިއިރު، ހަތަރު ކުންފުންޏެއްގައި  އޭނާގެ 97 ޕަސެންޓް ހިއްސާ އޮވެއެވެ.

ސަލީމްގެ ނަމުގައި މޮރިޝަސް ކޮމާރޝަލް ބޭންކުގައި ދެ އެކައުންޓެއް އޮތްއިރު އެތަނުން އެއް އެކައުންޓްގައި 858.73 ރުފިޔާ އަދި އަނެއް އެކައުންޓްގައި 212.74 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުން ހާމަވެއެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަލީމު ވަނީ އިސްލާމިކް ބޭންކުން 314226.20 ރުފިޔާގެ ލޯނެއް ނަންގަވާފައެވެ. 2022 ވަނަ އަހަރާ ހަމައަށް ފައިސާ ދައްކަވަންޖެހޭ މި ލޯނަށް މިހާތަނަށް ދައްކަވާފައިވަނީ 61،096 ރުފިޔާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.