ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނު ބަނދަރު ހަދަން އެމްޓީ ހޯގާޑްއާ ހަވާލުކޮށްފި

ވަރަށް ބޮޑަށް ހަލާކުވެފައިވާ ކިހާދޫ ބަނދަރު

ބ. އަތޮޅު ކުޑަރިކިލު، ދޮންފަނު އަދި ކިހާދޫގެ ލަފާފުރުމުގެ ޒަމާންވީ މައްސަލަ ހައްލުކުރުމަށް ތިން ރަށުގެ ބަނދަރު ހެދުމަށް އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

ނެޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މި ތިން ރަށުގެ ބަނދަރުގެ މަސައްކަތް ނިންމަން އެމްޓީ ހޯގާޑަށް ދީފައި ވަނީ 381 ދުވަހުގެ މުއްދަތެކެވެ.

މިމަޝްރޫއުގެ 77 ޕަސެންޓް ފައިސާ ހަމަޖެހިފައި ވަނީ އޮފިޑުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި 23 ޕަސެންޓް ހަރަދުކުރާނީ ދިވެހި ސަރުކާރުންނެވެ.

ކުޑަރިކިލު ބަނދަރު:

ކުޑަރިކިލު ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 33،215،485.13 ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، އެއްގަމު ތޮށި ލުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.

ދޮންފަނު ބަނދަރު:

ދޮންފަނު ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 31،731،103.53 ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބޭރު ތޮށްޓެއް ލުމާއި އެއްގަމު ތޮށި ލުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.

ކިހާދޫ ބަނދަރު:

ކިހާދޫ ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 43،381،648.33 ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބޭރު ތޮށްޓެއް ލުމާއި، އެއްގަމު ތޮށި ލުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.