އިންޖީނުލީ އެއްގަމު އުޅަނދު ކައުންސިލުގައި ރަޖިސްޓްރީ ކުރަން އެދިއްޖެ

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން ބ. އޭދަފުށީގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރުމަށް އެދިއްޖެ އެވެ.

ރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކުން އެރަށެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީއާ ބެހޭ ދަފުތަރެއް ގާއިމުކޮށް، ދަފުތަރާބެހޭ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ބަލަހައްޓާގޮތަށް ބަޔާންކޮށްފައިވާތީ މިރަށުގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީގެ ދަފުތަރެއް އެ އިދާރާގެ ފަރާތުން އެކުލަވާލަން ލާޒިމު ކުރާ ކަމަށެވެ.

އެހެންވެ، އޭދަފުށީގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ތަކުގެ ވެރިފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ 2:00ގެ ކުރިން އޭދަފުށީ ކައުންސިލަށް އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީއެއް ވެރިފަރާތުގެ މައުލޫމާތާއެކު ހިއްސާކުރުމަށް ކައުންސިލުން އެދެއެވެ.

މީގެ އިތުރުން މީގެފަހުން މިރަށަށް ގެނެނޭ އެންމެހާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދެއް ރަށަށް ގެނައުމަށްފަހު ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި މައުލޫމާތު ކައުންސިލުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ވެސް ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.