އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެއްޖެ

އޭދަފުށީ މަތިން ނަގާފައިވާ ފޮޓޯއެއް– އީޓީ ފޮޓޯ / އަހްމަދު ޔާނިއު

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓްކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރަށު ކައުންސިލުން ބުނިގޮތުގައި މާލެ އިން ގޮސް ހުރި އެ ފިރިހެން މީހާ ޕޮޒިޓިވްވެފައި ވަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު މިއަދު ހެދި ޓެސްޓުންނެވެ. އޭނާ ހުރީ އެކަނި ކަމަށާއި އަދި ރަށުން އެހެން މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭއިރު، އެހެން ތިބޭ ބައެއް މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެގޮތުން މިރަށުން 11 މީހަކު ކުރިން ވަނީ ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 18 ރަށެއްގައި ކޮވިޑްގެ 146 އެކްޓިވް ކޭސް އެބަ އުޅެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 9،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި 35 މީހަކު ރާއްޖެއިން ވަނީ ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.