އޭދަފުށީ ކޮވިޑް ފެސިލިޓީގައި ހަ މީހަކު އެޑްމިޓް ކޮށްގެން ފަރުވާދެނީ

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކުރި ކޯވިޑްއަށް ފަރުވާދޭ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހުން މެސިންތައް އޮޕަރޭޓް ކުރަނީ. ފޮޓޯ ޕީއެސްއެމް ނިއުސް

ކޮވިޑް-19 ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ހަ މީހަކަށް ފަރުވާދެމުން އެބަ ގެންދެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު، ހެލްތު ސާވިސް މުހައްމަދު ރަޝީދު ވިދާޅުވީ އޭދަފުށީ މެޑިކަލް ފެސިލިޓީގައި ހަ މީހަކަށް ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި ބ. ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި މިހާރު ފަރުވާދެމުން އަންނަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރ. ކުޑަކުރަތުން ބަލި ޖެޖިގެން ގެނައި ހަ ބިދޭސީއަކަށެވެ.

އޭދަފުށީގައި ގާއިމުކުރި ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދޭނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށެވެ. މީގެ ކުރިން ވެސް އެތަނުގައި އެޑްމިޓްކޮށް ކޮވިޑް ޖެހުނު 12 މީހަކަށް ވަނީ ފަރުވާދީފަ އެވެ.

މުޅި ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11،532 އަށް އަރާފައި ވާއިރު އޭގެ ތެރެއިން 37 މީހަކު ވަނީ މަރުވެފަ އެވެ. އަދި 90 ޕަސެންޓަށް ވުރެ ގިނަ މީހުން ރަނގަޅުވެ މިހާރު ތިބި ބަލި މީހުންގެ އަދަދަކީ 932 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.