އާކް އެއިޑް މެދުވެރިކޮށް ބީއެމްއެލްގެ އެހީ 5 އަތޮޅެއްގެ ކުދިންނަށް

ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބޭންކުން ދެމުންދާ އެހީތެރިކަމުގެ ދަށުން އެ ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން އަންނަނީ  މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް، އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން ހއ.، ހދ. މ. ފ. އަދި ދ. އަތޮޅުގެ އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުސްތަގްބަލްގައި އަތޮޅުތައް އިތުރުކުރުމަށް އާކް އިން މަސައްކަތްކުރަމުންދާނެކަމަށް ބީއެމްލުން ބުންޏެވެ.

މިދިޔަ މެއި މަހުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އާކް އަށް ދީފައިވާ މައުލޫމާތާ އެއްގޮތަށް މާލޭ ސަރަހއްދުގައި ދިރިއުޅޭ 115 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.