
އިއްޔެ ހަވީރު ފަށަށް ޝެޑިއުލް ކުރި އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާ މިއަދު ހަވީރު ފަށާ ގޮތަށް އަލުން ޝެޑިއުލުކޮށްފިއެވެ.

މުބާރާތް މިއަދު ހަވީރު އަލުން ފަށާއިރު ފިރިހެން އަދި އަންހެން ޑިވިޝަންގައި ވާދަކުރާ ޕޮލިސް ޓީމު ފަހުވަގުތު މިވަނީ މުބާރާތުން ވަކިވެފައެވެ.
އިއްޔެ ފަށަން ޝެޑިއުލް ކުރި މުބާރާތުގެ މެޗުތައް ކުއްލިއަކަށް ކެންސަލްކުރީ މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުކާ ގުޅިގެން މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުން މުބާރާތުގައި ކުޅުމަށް އިއުތިރާސް ކުރުމުންނެވެ.
“ހަށިހެޔޮ އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ބ. އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްގެންދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭ ގޮތަށެވެ. އެގޮތުން އެކި އޮފީސްތަކުން ކޮމްބައިންކޮށް ޓީމުތައް ހިމެނޭގޮތަށް ފިރިހެން ހަ ޓީމު އަދި އަންހެން ޑިވިޝަންގައި ތިން ޓީމު ވާދަކުރެއެވެ.
މިއަދު ހަވީރު ފަށާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަތޮޅު ހޮސްޕިޓަލާއި ސްކޫލް ކޮމްބައިން ޓީމެވެ. މިރޭ ކުޅޭ މެޗުގައި ފެނަކަ އާއި ދެކޮޅަށް ނުކުންނާނީ ކައުންސިލް ކޮމްބައިން ޓީމެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އޮފީސްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫހާއި، ކުޅިވަރުގެ ރޫހު އާލާ ކުރުމަށާއި އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރުމާއި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމެވެ
Police team vaki vee eh noon. Gavaaidhaa ehgothah team list hushahelheema ves bayakah hajam nuvee. Police team deke emmen biru gathy. Mi haavarakah office thah ekuveri vaaneee.
ޕޮލިސް އާއި ހުރިހާ އޮފީސްތަކަށް ތިބެނީ ޒާތީ ގޮތުން ޖެހިފަ
ނަމެއްގަ ކުޅޭ އެކުވެރި ނަމުގެ މެޗެއްތީ، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ