
ސިއްހީ މިންގަނޑުތައްހިފަހައްޓާ ފަރާތްތަކަށް ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އީއައިއެފްއީސީ)ގެ ސެޓްފިކެޓް ދޭން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އިއުލާނެއްގައިވަނީ އީއައިއެފްއީސީއަކީ ތަފާތު ގިނަ ދާއިރާތަކުން ކުއްލި ހާލަތްތަކާ ގުޅިގެން މިންގަނޑުތަކާއި ގައިޑްލައިންތައް ކަނޑައަޅައި އަދި ސެޓްފިކެޓް ދެވޭނެ ނިޒާމް ތަރައްގީ ކުރަމުންދާ މުއައްސަސާއެއް ކަމަށެވެ.
އައިއެފްއީސީގެ ފަރާތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާ ގުޅިގެން “ސިއްހަތު އަދި ސާފުތާހިރުކަމާއި އަދި އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށް” ކޮމްޕްލަޔަންސް ސްޓޭންޑާޑްތަކެއް ރާއްޖޭގައި ގާއިމްކޮށް، ތަންފީޒުކުރުމަށް ވަނީ ހުށަހަޅާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސިއްހީ މިންގަޑުތައް ހިފަހައްޓާ ފަރާތްތައް ބެލުމަށް ފަހު ކަމަށެވެ. އެޗްޕީއޭއިން ބުނީ މިފަދަ ސްޓޭންޑާޑްތައް ގާއިމްކޮށް ހިފެހެއްޓުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސާފުތާހިރުކަން ކަށަވަރުކުރުމުގެ ޔަގީންކަން އޮންނާނެ ކަމެއް މަށެވެ.
ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސްއަކީ ތަފާތު އެކި ދާއިރާތަކުން ކުއްލި ހާލަތާ ގުޅޭގޮތުން ނުވަތަ ކޮންމެ ބާވަތެއްގެވެސް މުހިންމުކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި، ގައިޑްލައިންތަކުގެ އިތުރުން ސެޓްފިކެޓް ދެވޭނެ ނިޒާމުތައް ތަރައްގީކުރަމުން ގެންދާ އިންސްޓިޓިއުޓެކެވެ.