
އުރީދޫ އާއި ދިރާގުން ރާއްޖޭގެ ސްކޫލުތަކަށް އަނެއްކާވެސް ޑޭޓާ އެލަވަންސް ދޭން ނިންމައިފި އެވެ.

“މިހާރު” ނޫހުގައި ބުނެފަިއވާ ގޮތުގައި އަންނަ ހަފްތާގައި ސްކޫލުތަކުގެ ދެވަނަ ޓާމް ކިޔެވުން ފެށޭ އިރު ޓީޗަރުންއި ދަރިވަރުންނަށް ޑޭޓާ އެލަވަންސް ދޭން އުރީދޫ އާއި ދިރާގުން ވެސް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން
އެގޮތުން ޓީޗަރުންނަށް 10 ޖީބީގެ ޑޭޓާ އެލަވަންސް ދޭއިރު، ދަރިވަރުންނަށް 5 ޖީބީގެ ޑޭޓާ އެލަވަންސް ލިބޭނެ އެވެ. ޑޭޓާ އެލަވަންސް ދޭނީ މި އަހަރުގެ ފުރަތަމަ ތިން މަހަށެވެ.
ސްކޫލުތަކަށް ޑޭޓާ ދޭން ފެށީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ހާލަތާ ގުޅިގެން ގޭގައި ތިބެގެން އޮންލައިން ކްލާސްތައް ހިންގަން ފެށުމުންނެވެ.
އަލުން ހިލޭ ޑޭޓާ އެލަވަންސް ދޭން ރާއްޖޭގެ މުވާސާލާތީ މައި ދެ ކުންފުނިން ނިންމީ ކޮވިޑްގެ ހާލަތު މުޅިން ރަނގަޅު ނުވާތީ ސްކޫލުތަކުން އޮންލައިން ކޮށް ބައެއް ކްލާސްތައް ގެންދަން ޖެހޭނެތީ އެވެ.