އެވިޑް ކޮލެޖުގެ ވައިސް ރެކްޓާއަކަށް އަލީ ރަޝީދު

އަލީ ރަޝީދު

އެވިޑް ކޮލެޖުގެ ވައިސް ރެކްޓާއަކަށް ބ. އޭދަފުށީ ގުލްބަކާގެ، އަލީ ރަޝީދު ހަމަޖައްސައިފި އެވެ.

އަލީ ރަޝީދު މީގެ ކުރިން ހުންނެވީ އެވިޑް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާގެ މަގާމުގައެވެ.

އަލީ ރަޝީދު ވަނީ މީގެ ކުރިން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒިނަސް މެނޭޖްމަންޓްގެ ޑީން އެއްގެ ގޮތުގައި ވެސް ކުރިން އޭނާ މަސައްކަތް ކުރެއްވި އެވެ.  އަދި އޭގެ ކުރިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލުގެ މަގާމު ވެސް އޭނާ ވަނީ އަދާ ކުރައްވާފަ އެވެ.

އެވިޑް ކޮލެޖުގެ ރެކްޓާއަކަށް ހަމަޖައްސާފައިވަނީ ކުރިން އެ ކޮލެޖުގެ ވައިސް ރެކްޓާގެ މަގާމުގައި ހުންނެވި ޑރ. ސުނީނާ ރަޝީދު އެވެ.

އެވިޑް ކޮލެޖުގެ އިތުރު މަގާމުތަކަށް އައްޔަނުކުރި އިތުރު ބޭފުޅުން

  • އަހުމަދު ފަޔާޒް ހަސަން – ވައިސް ރެކްޓާގެ މަގާމަށް
  • ޑރ. މުހައްމަދު ސޯލިހް – އެކްޒިކިއުޓިވް ޑީން އޮފް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މަގާމަށް
  • އައިޝަތު އީމާން – ކޮލިޓީ އެޝުއަރެންސް ބޯޑްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމަށް
  • ނާހިދާ އިސްމާއިލް – ފެކަލްޓީ އޮފް ހިއުމަން ޑިވޮލޮޕްމަންޓްގެ ކޯޑިނޭޓަރުގެ މަގާމަށް
  • މުހައްމަދު ފައިސަލް – ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ މެނޭޖަރުގެ މަގާމަށް
  • އަލީ ޝިޔާމް – ސީނިއާ އޮފީސް ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ މަގާމަށް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.