އުރީދޫން ކާޓީ ސްޓޯރު ރާއްޖެއަށް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސްއިން ގޭމިންގް ކޯޑް އަދި އީ-ގިފްޓް ކާޑް ބައްލަވައިގަނެވޭ އިންޓަރނޭޝަނަލް އޮންލައިން ޕްލެޓްފޯމް ކާޓީ ސްޓޯރު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ކާޓީ ސްޓޯރު މެދުވެރިކޮށް ގޭމިން، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާރލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިން ޕްލެޓްފޯމް ތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު ގަނެލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާމް ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ފެންނަމުން ދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިން ގޭމިން އަދި އޮންލައިން ސްޓްރީމިން ވަރަށް ބާރަށް ފެތުރެމުން ކަމަށާ، އެހެންވެ މި ހިދުމަތުގެ ބޭނުން ކަސްޓަމަރުންނަށް މުހިންމު ކަމަށެވެ.

އުރީދޫ މޯލްޑިވްސް އާއި ކަރްތީގެ މި ޕަރޓްނަރޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރ އިން ތަކެތި ގަތުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުން ގެ ބިލުގައި ހިމަނާގޮތަށް ޚިދުމަތް ހޯއްދެވޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާރޓީ ސްޓޯރ އިން ތަކެތި ގަތުމަށް ބޭނުންކުރެވޭނެއެވެ.

“މުޅި ރާއްޖޭގައި ވެސް ފެންނަމުން މިދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިން ގޭމިންގ އަދި އޮންލައިން ސްޓްރީމިން ވަރަށް ބާރަށް ފެތުރެމުން ދާތަން. މިފަދަ ޚިދުމަތްތައް ހޯދުމަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރަން ޖެހުމަކި ބައެއް ފަރާތްތަކަށް އުނދަގޫ ކަމެއް. މިއަދު އުރީދޫ މޯލްޑިވްސް އާއި ކާރޓީ ސްޓޯރ ގުޅިގެން މި ހުޅުވާލެވުނު ޕްލެޓްފޯމަކީ މިހުރިހާ ޚިދުމަތްތަކެއް ހޯދުމަށް ލުއިފަސޭހަ ވެގެންދާނެ ޕްލެޓްފޯމެއް.  އުރީދޫ ކަސްޓަމަރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރ އިން އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް އަދި މިނޫންވެސް އެތަކެއް ގިނަ ޕްލެޓްފޯރމްގައި ބޭނުންކުރުމަށް ގިފްޓް ކާޑް އަދި ކޯޑްސް ބައްލަވައިގަތުމުގެ ފަސޭހަކަށް ލިބިގެންދާނެ.” އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ކާރޓީ ސްޓޯރ އަށް ސައިންއަޕް ކުރެއްވުމަށް:

 1. އިންޓަނެޓް ބްރައުޒަރ ގައި www.kartistore.com ޖައްސަވާ
 2. ރެޖިސްޓަރ ކުރެއްވުމަށް ސައިންއަޕް ލިންކަށް ފިއްތާލައްވާ
 3. ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުން އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އީމެއިލް ގައިވާ ލިންކް އަށް ފިއްތަވާލައްވާ
 4. އެކައުންޓް އެކްޓިވޭޓް ކުރެއްވުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ
 5. ލޮގިން ކުރެއްވުމުން ކާރްތީ ކާޑް ގަތުމަށް “ބައި އަ ކާޑް” ލިންކަށް ފިއްތަވާލައްވާކާރޓީ

ކާރްތީ ކާޑް ގަތުމަށް ފުރިހަމަކުރައްވަންޖެހޭ ސްޓެޕްތަކަކީ:

 1. ބޭނުންފުޅުވާ ބްރޭންޑް އިޚްތިޔާރު ކުރުން
 2. ބޭނުންވާ ޢަދަދު އިޚްތިޔާރު ކުރުން
 3. މޯބައިލް ނަންބަރު ޖެސެވުމަށްފަހު ޕަރޗޭސް އަށް ފިއްތާލުން
 4. ޕަރޗޭސް ފުރިހަމަ ކުރެއްވުމުން ޔަޤީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
 5. ޕިން ނަންބަރު ޖައްސަވާ ކޮންފާރމް އަށް ފިއްތާލައްވާ
 6. ޕިން ނަންބަރު ރަގަޅަށް ޖެއްސެވުމުން ބައްލަވައިގަތް ކާޑު މައި ކާޑްސް އިން ފެނިވަޑައި ގަންނަވާނެ

އިތުރު މައުލޫމާތް ހޯދުމަށް: http://ore.do/karti

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.