އޭދަފުށިން އަނެއްކާވެސް އިތުރު ކޯވިޑް ކޭސްތަކެއް

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ހަ މީހަކު ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެއެވެ.

ބ. އޭދަފުށީ ކައުންސިލުން ބުނީ މިރަށުގައި ހޯމް ކަރަންޓީނުގައިތިބި ހަ މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ، ކަރަންޓިނުގައި ތިއްބާ އަލާމާތްތަކެއް ފެނިގެން މިއަދު ނެގި ސާމްޕަލުންނެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި ހަ މީހުން ވެސް ކަރަންޓީނުވެގެން ތިބީ އެއް ގެއެއްގައި ކަމަށާއި އެންމެން މިހާރު އެ ގޭގައި އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ.

“އެއީ ކަރަންޓީނުގައި އެއްކޮށް ތިބި ބައެއް، އަލާމާތްތަކެއް ފެނިގެން އެ އެންމެން ޓެސްޓްކުރީމަ ކޮވިޑަށް ޕޮޒިޓިވް،” ކައުންސިލުން ބުންޏެވެ.

ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު މީގެ ކުރިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ.  އެގޮތުން މިރަށުން މިހާތަނަށް 27 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.