60 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ޖަހަން ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގެ ފްރޮންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފަކަށް މިއަދު ކޮވިޑް ވެކްސިން ޖަހަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް، އޭދަފުށީގައި ދިރިއުޅޭ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް މިއަދު ވެކްސިން ޖަހަން ފަށައިފި އެވެ.

އޭދަފުށީގައި ކޮވިޑުގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބ. އަތޮޅު ހޮސްޕިޓަލުގެ ކޮވިޑް-19 ވެކްސިން ސެންޓަރުގަ އެވެ.

ވެކްސިން ޖަހަން ދާއިރު، އައިޑީކާޑު ގެންދަން ޖެހެ އެވެ. އަދި ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން، އަމިއްލަ ފެންފުޅިއެއް ގެންދަން އަދި ވެކްސިން ޖަހާ މީހާއާ އެކީގައި އެހީތެރިޔަކު ގެނައުމަށް ވެސް އަތޮޅު ހޮސްޕިޓަލުން އެދިފައި ވެ އެވެ.

އޭދަފުށީގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އެ ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅު ހޮސްޕިޓަލުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށެވެ. އޭގެ ފަހުން މިދިޔަ ހަފްތާ ވަނީ ކޮވިޑުގެ އެންމެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދީފަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޭދަފުށީގައި މިހާތަނަށް 141 މީހަކަށް ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.