އޭދަފުށީ ކައުންސިލަށް ވާދަކުރާ އަރޫޝާގެ ނަން ނަގައިފި

އަރޫޝާ އަބްދުލްގައްޔޫމް

ނުބޭއްވި ދިގުލައިގެން ލަސްވެފައިވާ މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް ޓިކެޓްގައި އޭދަފުށީ ކައުންސިލަށް ވާދަކުރައްވާ އަންހެން ކެންޑިޑޭޓް، އަރޫޝާ އަބްދުލްޤައްޔޫމް އިންތިހާބުގައި ވާދަނުކުރަން ނިންމައި އޭނާގެ ނަން އަނބުރާ ނަގައިފި އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި އަރޫޝާ ނަން ނަފާފައިވަނީ އޭނާ އަށް ސިވިލް ސާވިސްގެ ވަޒީފާއެއް ހަމަޖެހުމާ ގުޅިގެން މިދިޔަ ހަފްތާ ތެރޭގަ އެވެ.

އަރޫޝާގެ ނަން ނެގުމުން ޕީޕީއެމުން އޭދަފުށީ ކައުންސިލަށް އަންހެން ކެނޑިޑޭޓުންގެ ގޮތުގައި ދެން ވާދަ ކުރާނީ ޒަހިއްޔާ އިބްރާހީމް އާއި ނާޒްނީނާ ޔޫސުފެވެ. ފިރިހެން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރާނީ އަލީ ޝަފީގު އާއި ޢަބްދުﷲ ރަޝީދު އަދި ޒައިދު ޢަލީ އެވެ. އެ ޕާޓީން އޭދަފުށީ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވާނީ  މުހައްމަދު ފާތިހު އެވެ.

ކައުންސިލް އިންތިހާބު ބާއްވަން ތާވަލު ކޮށްފައި ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އެކަމަކު ކޮވިޑްގެ ސަބަބުން ހުރި ހުރަސްތަކާއެކު ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ބޭއްވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.