ކައުންސިލަރަކު ގެނބެނިކޮށް ސަލާމަތް ކޮށްފި

އޭދަފުށީގަިއ މިއަދު ގެނބެނިކޮށް ސަލާމަތްކުރި އަތޮޅު ކައުންސިލަރަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދަނީ

މިއަދު އޭދަފުށީގައި މޫދަށްއެރި އުޅުމުގެ ތެރޭގައި ބ. އަތޮޅު ކައުންސިލަރަކު ގެނބެމުން ދަނިކޮށް، މި ރަށުގެ ޒުވާނެއްގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ.

މިއަދު ހަވީރު 5:30 ހާއިރު ހިނގި ހާދިސާގައި ބ. އަތޮޅު ކައުންސިލުގެ މެންބަރު އައިޝަތު ޝިފާނާ ގެނބެނިކޮށް ސަލާމަތްކުރީ، މިރަށު ޒުވާނެއް ކަމަށްވާ ޝުއައިބް އަލީ ޝަރީފެވެ.

ޝުއައިބު އަލީ “އީޓީ” އަށް ބުނީ ހަވީރު މޫދަށްއެރޭ ސަރަހައްދުގައި ކޮމިއުނިޓީ ޕާކުހެދުގެ މަސައްކަތުގައި އުޅުނުއިރު އެ ސަރަހައްދުގައި މޫދަށް އެރިގެން ބަޔަކު އުޅުނު ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން ޝުއައިބު އާއި އޭނާގެ ބޭބެ މާއިޝް އަށް ގޮވައި ގެނބެނީއޭ ކިޔައި ގޮވަން ފެށި ކަމަށް ބުންޏެވެ.

“ޕާކު ހެދުމުގެ މަސައްކަތުގައިއަޅުގަނޑާއި އަޅުގަނޑުގެ ބޭބެ އުޅެނިކޮށް އެތަނުގައި އޭރު ފޮޓޯ ނަގަންއުޅުނު ބަޔަކު އައިސް ގޮވީ މި އޮތް ގެނބެނީއޭ، ސަލާމަތް ކޮށްދޭށެ، އޭރު ދެން ސަލާމަތްކުރަން ދިޔައިރު އޭނާ (ޝިފާނާ) އޮތީ އެތަނުގައި ރިންގެން އަލައިގެން މޫދުގައި އޮތް އެހެން އަންހެނެއްގެ ގައިގައި ހިފައިގެންނެވެ،” ޝުއައިބު ބުންޏެވެ.

ޝުއައިބު ބުނި ގޮތުގައި ރިންގް އަޅައިގެން އޮތް އަންހެން މީހާ އޭރު ދިޔައީ ވަރަށް ވަރުބަލި ވެއްޖެ ކަމަށާއި އަވަސްކުރާށޭ  ދެން ނުވާނެ ކަމަށް ގޮވަމުން ދިޔަ ކަމަށެވެ. އޭރު ޝުއައިބުއަށް އެ މީހުންނާ ކައިރިއަށް ދެވިއްޖެ އެވެ.

“އަޅުގަނޑު އަވަހަށް އެ ހިސާބަށް ގޮސް ފުރަތަމަ ގެނބެމުންދިޔަ މީހާ އެއްގަމަށް އެރުވީ، ވަރަށް ބޮޑަށް އޭނާ އަށް ލޮނުބޮވިފަ ހުރީ، ދެން އޭރު އެތަނުގައި ތިބި މީހުން އެންބިލަންސަށް ވެސް ގުޅައިފި ވަގުތުން، ދެން އެންބިއުލެންސް އަންނަން ދެން އެއްގަމުގައިތިބި މީހުންނާއެކީ ފަސްޓް އެއިޑް ދިނީ،” ޝުއައިބް ބުންޏެވެ.

ރިންގް އަޅައިގެން އޮތް އަންހެން މީހާއަށް އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް ކައުންސިލަރު ޝިފާނާ އަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.