ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ބާއްވަން ނިންމައިފި

ރާއްޖޭގައި އަންނަ މެއި/ޖޫން މަހު އޭ ލެވެލް އިމްތިހާނު ބާއްވަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް މި އަހަރުގެ މެއި އަދި ޖޫން މަހުގެ އޭލެވެލް އިމްތިހާން ނުބާއްވަން އެޑެކްސެލް ފުރަތަމަ ނިންމި އެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ މީގެ ކުރިންވެސް ތާވަލު ކުރެވިފައި އޮތްގޮތަށް މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު އޮންނާނެ ކަމަށެވެ.

ތަފުސީލު އަންނަނީ

“މިހާރު ހަމަޖެހިފައިވާ ގޮތުން ދިވެހިރާއްޖޭގައި އެގްޒާމް ބާއްވާ ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ރާވާފައި އޮތީ. އެގޮތުން، މި އަހަރު މެއި/ޖޫންގައި މިހާރު ކިޔަވަމުން ދާ ހުރިހާ ކުދިން އޭ އެލް އެގްޒާމާއި އޭ އެސް އެގްޒާމުގައި ސިޓްކުރާނެ. އެ ކުދިންގެ ޕޭޕަރުތައް އެޑެކްސެލް އިން މާކްކުރާނީ. ސެޓްފިކެޓް ވެސް ހަމަ އެޑެކްސެލް އިން ދެއްވާގޮތަށް ހަމަޖެހިފައި އޮތީ،” އޮންލައިންކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

އިމްތިހާނުގެ ނަތީޖާ ލިބޭނީ އަންނަ އޮގަސްޓް 10ގަ އެވެ.

އިމްތިހާނު ބާއްވަން ނިންމުމާއެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ ހަފުތާގެ ބުރާސްފަތީގެ ކުރިން ފޯމު ހުށަހަޅަން އެދިފަ އެވެ. އޭރުން، ރާއްޖެއަށް އިމްތިހާން ކަރުދާސްތައް ގެނެސް ސްކޫލުތަކަށް ފޮނުވުމަށް މުއްދަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.