ވަގުތު ދެވެންނެތްކަމަށް ބުނެ ޕީޕީއެމުން ބަހުސްގައި ބައިވެރިނުވި!

ޕީޕީއެމް ޓިކެޓްގައި އޭދަފުށި އަދި ބ. އަތޮޅު ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓންގެ ޕޯސްޓަރެއް

އޭޕްރިލް 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު 2021 ގައި އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ބަހުސަށް ވަގުތުދެވެން ނެތްކަމަށްބުނެ، ރައްޔިތުންނާ ކުރިމަތިލާން ޕީޕީއެމުން ދެކޮޅު ހަދައިފި އެވެ.

މިފަހަރުގެ ބަހުސް ބާއްވަނީ އޭދަފުށީގެ ދެ އޮންލައިން ނޫސް އޭދަފުށީ ވޮއިސް އާއި ޓައިމްސް އާއި  އޭދަފުށި ޓައިމްސް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި، ވެލާ ސްޕޯޓްސް ކްލަބް ގުޅިގެން އުފައްދާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. ބަހުސްގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި އެމްޑީޕީން ބައިވެރިވާނެކަން މިހާތަނަށް ވަނީ ޔަގީން ކޮށްދީފައެވެ.

ބަހުސް އިންތިޒާމް ކޮމެޓީން ބުނީ ޕީޕީއެމުން ބަހުސްގައި ބައިވެރިނުވާނެކަން ރަސްމީކޮށް އެންގީ މިއަދު ކަމަށެވެ.

“ސަބަބަކަށް ބުނީ ކެންޕޭން މަސައްކަތް ހުރިގޮތުން ތިޔަ ބަހުސަށް ވަގުތު ދެވެން ނެތްވާހަކަ ހިތާމައާއެކު ދަންނަވަން. ތިޔަ ދެއްވި ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” ކަމަށެވެ.

އިންތިޒާމް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަދި އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާގެ ނާއިބްރައީސް އަލީ ރަފީއު ވިދާޅުވީ ޕީޕީއެމް ބަހުސްއިން އެއްފަރާތްވުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވާނެ ކަމެއްކަމަށެވެ. އަދި  އެންމެ ފަހު ވަގުތާ ހަމައަށްވެސް ޕީޕީއެމުން އެދުނު ހުރިހާ ކަމަކަށްވެސް ދޫދެމުން އައި ކަމަށާ، މިހެން ވެދާނެކަމަށް އުއްމީދު ނުކުރާ ކަމަށް އަލީ ވިދާޅުވި އެވެ.

“ފޯނުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކައުންސިލް ރައީސް ކަމަށް ކުރިމަތިލެއްވި ފާތިހް އަދި ބައެއް އެހެން މެމްބަރުންނާވެސް. އަޅުގަނޑުމެން ބަހުސްގައި ކުރާނެ ސުވާލުތައް ވެސް ދުރާލާ ދީފައިވާނީ. އަދި ސުވާލުތައް ބަދަލުކުރުމުގެ ފުރުސަތު ވެސް އޮންނާނެ. މިހުރިހާ ކަމެއްވެސް ވަރަށް ޕޮޒިޓިވްކޮށް ވާހަކަދެކެވެމުން ދަނިކޮށް ވަގުތު ނެތިގެން ބަހުސްގައި ބައިވެރި ނުވެވޭނެކަން މިއަދު އެންގީ” އަލީ ވިދާޅުވިއެވެ.  

އޭދަފުށީ ކައުންސިލްގެ މިދިޔަ 3 ދައުރުގެ ތެރެއިން ފުރަތަމަ ދައުރު އޭދަފުށީގައި ބޭއްވި ކައުންސިލް ބަހުސްގައި އޭރުގެ ޑީއާރުޕީ ކެނޑިޑޭޓުން މަގުބޫލު އުޒުރެއް ނެތި ބައިވެރިނުވެއެވެ. އޭގެ ފަހުން އައި ދެއިންތިހާބުގައި ބަހުސެއް ނުބާއްވައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.