އެޑްމިޓް ކުރާ މީހުން ގިނަވެ، އޭދަފުށީ ކޮވިޑް ފެސިލިޓީގެ އެނދުތައް ފުރެނީ

ޅ. ފެލިވަރުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކަށް ފަރުވާ ދިނުމަށް އޭދަފުށީ ކޮވިޑް ސެންޓަރަށް ގެންދަނީ

މި ސަރަހައްދުގެ ރަށްރަށުގައި ކޮވިޑް-19 ބާރަށް ފެތުރި ބަލީގައި އެޑްމިޓްކުރާ އަދަދު އިތުރުވެ، އޭދަފުށީ ކޮވިޑް ފެސިލިޓީގެ އެނދުތައް ފުރުމުގެ ބިރު ހީވެއްޖެ އެވެ.

ކޮވިޑަށް ފަރުވާދޭން ޚާއްސަކޮށްފައިވާ އޭދަފުށީ މެޑިކަލް ފެސިލިޓީގެ ޖާގަ އަކީ 20 އެވެ. އޭދަފުށީގައި ގާއިމުކުރި މެޑިކަލް ފެސިލިޓީ އަށް ގެންދަން ހަމަޖައްސާފައި ވަނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި ސަރަހައްދުގެ ރަށްރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަށް އިތުރުވަމުން އަންނައިރު، ބަލީގައި މިހާރު ވެސް 17 މީހަކު އެ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފަރުވާ ދެމުން އެބަގެންދެ އެވެ.

އެޗްއީއޯސީން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 އަދިވެސް ދަނީ ބާރަށް ފެތުރެމުންނެވެ. އެގޮތުން އިއްޔެ 300 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.

ހާލަތު ގޯސްކޮށް އުޅޭ ރަށްރަކުގެ ތެރޭގައި މިސަރަހައްދުން ޅ. ނައިފަރާއި ފެލިވަރު ހިމެނެ އެވެ.

ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވުމާ އެކު އެކްޓިވް ކޭސްތައް ވެސް ވަނީ 3،000 އިން މައްޗަށް އަރައިފަ އެވެ. އެކަމަކު ބަލިން 127 ރަނގަޅުވެފައި ވެ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 101 މީހަކަށް ފަރުވާ ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.