މުހައްމަދު އަލީ ހަދިޔާ ކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް

މުހައްމަދު އަލީ އޭދަފުށީގައި އިމާރާތްކުރާ މިސްކިތުގެ ކުރެހުމެއް:

އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ (މޮހޮނދުބޭ/ ކުޑާލި މޮހޮނދު) ގެ ފަރާތުން އޭދަފުށީ ރައްޔިތުންނަށް ހަދިޔާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބިންގާއެޅި މި މިސްކިތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އޭދަފުށީ ދެކުނުފަރާތުގެ ހިއްކި ބިމުގައި އިމާރާތް ކުރާ ދެ ބުރީގެ މި މިސްކިތުގައި އެއްފަހަރާ ގާތްތަޑަކަށް 1200 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެހެންކަމުން މި މިސްކިތް ވެގެންދާނީ އޭދަފުށީގައި މިހާތަނަށް އިމާރާތް ކުރާ ޖާގައިގެ ގޮތުން އެންމެ ބޮޑު މިސްކިތް ކަމަށެވެ.

ކުރިއަށް އޮތް 18 މަސްދުވަހުގެތެރޭ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް އާއިލާ އާ ހަވާލާދީ ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.

3000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގައި މިހާރު ނަމާދުކުރަނީ ދެ މިސްކިތެއްގަ އެވެ. މި މިސްކިތުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ އިސް ރަށްވެހިންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މުހައްމަދު އަލީގެ ފަރާތުން އޭދަފުށީ ރައްޔިތުންނަށް މިފަދަ ރީތި މިސްކިތެއް ހަދިޔާ ކުރައްވާއިރު އޭނާ ފާހަގަކުރެވިފައިވަނީ ދީލަތި ބޭފުޅެއްގެ އިތުރުން އިޖްތިމާއީ ކަންކަމުގައާއި އޭދަފުށީގެ ތަރައްގީއަށް ގިނަ ޚިދުމަތް ކުރެއްވި މުރާލި ބޭފުޅެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.