އޭދަފުށިން ގޯތި ދޫކުރުން ވަގުތީގޮތުން ހުއްޓުވައިފި

ބ. އޭދަފުށި. ފޮޓޯ/ޔާނިއު

ބ. އޭދަފުށިން ގޯތި ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އަމުރުކޮށްފި އެވެ.

ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް އަމުރުކުރީ ބ. ޖުޑީޝިއަލް ދާއިރާއާ ހަވާލުވެހުންނެވި ދަރަވަންދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް އިއްޔެ ނެރުއްވި އަމުރުގަ އެވެ.

އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން މި މިއަމުރު ނެރެފައި މިވަނީ އޭދަފުށީ ގުލިސްތާނުވިލާ، ހައްސާން ހަމީދު އޭދަފުށީ ކައުންސިލް އިދާރާއަށް ހުށަގެޅި ފޯމުގައިވާ ކަންކަމަށް ޕޮއިންޓްދިނުމުގައި އިންސާފުން އޭނާއަށް ހައްގުވާ ޕޮއިންޓް ދީފައިނުވާތީ ކަމަށް ބުނެ ހައްސާން ހަމީދު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އޭދަފުށީ ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކައުންސިލު އިދާރާއިން މި މައްސަލައާ ގުޅިގެން ކުރަމުންދާ މަސައްކަތުން ހައްސާން ހަމީދަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ، އަދި ބަދަލެއް ދޭން ޖެހިއްޖެ ހާލަތެއްގައި ހައްސާން ހަމީދަށް ލިބިދާނެ ގެއްލުންތަކަށްޓަކައި މި މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭދަފުށިން ގޯތި ދޫކުރުން ވަގުތީގޮތުން ހުއްޓާލުމަށެވެ.

އޭދަފުށީ ހިއްކި ބިމުން ގޯތި ދޫކުރުން ހުއްޓާލުމަށްކޯޓުން ވަގުތީ އަމުރެއް ނެރުނުއިރު، ގޯލި ލިބޭ މީހުންގެ ވަގުތީ ލިސްޓް ވަނީ އާއްމުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.