އުރީދޫ ސުޕަނެޓު ޕެކޭޖުތައް އަގުހެޔޮކޮށްފި

ސަރުކާރުގެ ނެޓުހެޔޮ ޕްރޮގްރާމްގެ ދަށުން އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ މި ބަދަލުގެ ދަށުން އާ ހަތަރު ޕްލޭނާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ރާއްޖޭގައި މުޅިން އަލަށް އުރީދޫއިން ތައާރަފު ކުރި ޑޭޓާ ރޯލްއޯވާގެ ހިދުމަތް ލިބޭނެ ކަމަށެވެ. މި ބަދަލުތަކާއެކު އުރީދޫ ސުޕަނެޓްގެ ހިދުމަތަކީ މިހާރުގެ މާކެޓްގައި ހެޔޮ އަގުގައި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބޭ ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ވެގެން ދާނެ ކަމަށް ވެސް ބުންޏެވެ

އުރީދޫން ބުނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެ ކުންފުނީގެ ސުޕެނެޓު ޕެކޭޖުތަކަށް އާ ހަތަރު ޕެކޭޖެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެއީ 250ރ. އަށް 30ޖީބީ ލިބޭ ޕެކޭޖަކާއި 400ރ. އަށް 65ޖީބީ ލިބޭ ޕެކޭޖެއްގެ އިތުރުން 500ރ. އަށް 130ޖީބީ ލިބޭ ޕެކޭޖަކާއި 700ރ. އަށް 210ޖީބީ ލިބޭ ޕެކޭޖަކެވެ.

ޑޭޓާ އެލަވަންސް، ޑޭޓާ ރޯލްއޯވާގެ އިތުރުން އުރީދޫން ވަނީ ސުޕަނެޓް ވޮއިސްގެ ހިދުމަތާއި އުރީދޫ ކްލަބް ޕްރީމިއާ ލޯޔަލް ޕްރޮގްރާމްގެ ހިދުމަތް ވެސް އިއުލާނު ކޮށްފަ އެވެ.

އުރީދޫން ބުނީ ސުޕަނެޓްގެ ހުރިހާ ޕްލޭންތަކަށް 100 ޕަސެންޓް ޑޭޓާ އެލަވަންސް އިތުރު ކުރުމުގެ ސަބަބުން ޖީބީއެއް ވިއްކާ އަގު ތިރިވެ އިތުރު ހަރަދަކާ ނުލާ އިތުރު ކަންކަން އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ސުޕަނެޓްގެ ހުރިހާ ޕްލޭންތަކަށާއި އެޑްއޮންތަކަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ލިބޭނެ އެވެ. މަސް ނިމިގެންދާއިރު ބޭނުން ނުކުރެވި ހުރި ޑޭޓާ، އެއްވެސް ލިމިޓެއް ނެތި ޖެހެގެން އަންނަ މަހު ބޭނުން ކުރެވޭނެ އެވެ.

އުރީދޫ ކްލަބް ޕްރިމިއާ ރިވާޑް ސްކީމްގެ ހިދުމަތްތައް ވެސް ސުޕަނެޓް 35އެމް އިން ފެށިގެން މަތީ ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް އަންްނަ މަހުން ފެށެގެން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.