ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ “އަހަރެންގެ ބޭންކު” ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް އިތުރު ފަސް ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ފަސް ޕްރޮޖެކްޓަކީ މި އަހަރުގެ ދެވަނަ ކުއާޓާގައި އެ ބޭންކުން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވުނު ޕްރޮޖެކްޓުތަކެވެ. މި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް ކޮންމެ ޕްރޮޕޯސަލަކަށް ވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 50،000ރ. ލިބޭނެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމަށް އެ ބޭންކުން ތައާރަފު ކުރި ފަންޑެކެވެ. މި ފަންޑުން މިދިޔަ ކުއާޓަރުގައި ވެސް ވަނީ ފަސް ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދެވަނަ ކުއާޓާގައި ކޮމިއުނިޓީ ފަންޑުން އެހީވާ ޕްރޮޖެކްޓުތައް:

  • ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން – ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • ށ. ޅައިމަގުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން – ޅައިމަގު އެކުވެރިންގެ ރޫހު
  • ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓް ހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުން – އިބްރާހިމް ނިޔާޒް
  • ގދ. ފިޔޯރީގައި އައުޓްޑޯ ކޮމިއުނިޓީ ލައިބްރަރީއެއް ހެދުން – ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމެންޓް
  • – އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން – އިބްރާހިމް އާތިފް

މި ހުރިހާ ޕްރޮޖެކްޓަކީ ވެސް އަމިއްލަ ފަރުދުން ނުވަތަ ޖަމިއްޔާއަކުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓުތަކެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ރަށްރަށުގައި ޕްރޮޖެކްޓުތައް ހިގަން ގިނަ ޕްރޮޕޯސަލްތައް ލިބުނު ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ރަށްރަށުގެ ޖަމިއްޔާތަކުންނާއި އާއްމު ރައްޔިތުން ކުރާ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 50  ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.