އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގައި ޝައުގުވެރި ޕްރޮގްރާމްތަކެއް

މިއަހަރު ރާއްޖެއިން އޯލެވެލް ނުވަތަ ކެމްބްރިޖް އިމްތިހާނު ފުރިހަމަކޮށްފައިވާ ގިނަ ދަރިވަރުން މިހާރު އަވަދިނެތި ތައްޔާރުވަމުންދާނީ އެދަރިވަރުންގެ ތަޢުލީމީ ކުރިމަގު ބައްޓަން ކުރުމުގައެވެ. މިދަރިވަރުންނަށް ވަރަށް އުފާވެރި ޚަބަރެއް އެބައޮތެވެ. މެޕްސް ކޮލެޖުން ދާދިފަހުން ހުޅުވާލާފައިވާ އެކޮލެޖްގެ އޯގަސްޓް/ސެޕްޓެމްބަރ 2021 އިންޓޭކްގެ ބައެއް ކޯސްތަކުގައި މިދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

މެޕްސް ކޮލެޖުން ހިންގަމުން އަންނަ މެޕްސް އެޑްވާންސްޑް ސެޓިފިކެޓް ކޯސްތަކަކީ ކެމްބްރިޖް އިމްތިހާނަށްފަހު މަތީ ތައުލީމު ހޯދަން ބޭނުންވާ ދަރިވަރުން ކަޑައްތުކުރާނެ އެންމެ ފުރަތަމަ ހަރުފަތެވެ. ތައުލީމީ ހަޔާތުގެ މިހަރުފަތް ނިންމާލުމަށްފަހު ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރަކު ބޭނުންވާ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.

އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަކޮށްގެން ހިންގާ އެންމެ ކާމިޔާބު އެއް ކޯހަކީ އެޑްވާންސްޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެވެ. މުޅިން އޮންލައިންކޮށް ކިޔަވާދޭ 8 މަސްދުވަހުގެ މިކޯހަކީ އަމިއްލަ ރަށުގައި ތިބެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެންމެ އެކަށޭނަ އެއް ކޯހެވެ.

މިކޯހުގެ އެންމެ ޚާއްސަ އެއްކަމަކީ މިކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ވިޔަފާރިއާ ގުޅުންހުރި ކޮންމެ ޑިގްރީ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެވެ. މިގޮތުން ބިޒްނަޒް އެޑްމިނިސްޓްރޭޝަންގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ޑިގްރީ ކޯސްތަކުގައި ކިޔެވުމަށް ފުރުސަތު ހުޅުވިގެންދެއެވެ. ހަމައެއާއެކު ޑިގްރީ ކޯސް ފެށުމުގެކުރިން އެޑްވާންސްޑް ސެޓްފިކެޓް ކޯހުގެ އަލީގައި ޑިގްރީގެ މައިގަނޑު މާއްދާތަކަށް އެދަރިވަރަކު އަހުލުވެރިވުމަށް ފުރުސަތު ލިބިގެން ދިއުމަކީވެސް މިކޯހުގައި ކިޔަވާ ދަރިވަރުންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެކެވެ.

މެޕްސް ކޮލެޖުން ހިންގާ ހުރިހާ ޑިގްރީ ކޯސްތަކަކީ ސަރުކާރުން ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް”ގެ ދަށުން ދަރިވަރުންނަށް ހިލޭ ކިޔެވޭ ކޯސްތަކެކެވެ. އަދި އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށްވެސް މިސްކީމްގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުސަތު އޮވެއެވެ.

އޯލެވެލް ނިންމާލުމަށްފަހު މަތީ ތައުލީމު ހާސިލުކުރަން ޚިޔާރުކުރަން ބޭނުންވާ ދާއިރާއަކާގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ދަރިވަރުން ނުވަތަ ބެލެނިވެރިންނަށް މެޕްސް ކޮލެޖުން ކެރިއަރ ގައިޑެންސްގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މެޕްސް ކޮލެޖުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ނުވަތަ  3314621 ނަންބަރަށް ގުޅުއްވުމުން އެޚިދުމަތަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ދޫކުރެވޭނެއެވެ. މިގޮތުން ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00އިން ހަވީރު 5:00 އާދެމެދު މިދެންނެވުނު ޚިދުމަތް ލިބިގެންދާނެއެވެ.

ކޮވިޑް-19އިގެ ޕެންޑަމިކްއާ ގުޅިގެން  މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތަކެއްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މެޕްސް ކޮލެޖުން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ކޮލެޖްގައި ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުންނާއި އެކޮލެޖުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ލިބޭނެފަދަ ގޮތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ލަފައާއި މަޝްވަރާއާއި އެއްގޮތަށެވެ. މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.

މެޕްސްގެ އެޑްވާންސްޑް ސެޓިފިކެޓް ކޯސްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 22 އޯގަސްޓް 2021ގެ ނިޔަލަށެވެ.  މިކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ.

މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 22 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަޞީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.