ސްޓިމިޔުލަސް ލޯނަށް އެދި ހުށަހެޅޭނީ އަންނަ ހޮނިހިރުގެ ނިޔަލަށް

ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޭ ސްޓިމިޔުލަސް ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްޓިމިޔުލަސް ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށެވެ. އަދި މިހާތަނަށް އެ ބޭންކަށް ލިބިފައިވާ އެޕްލިކޭޝަންތަކުގެ އަދަދު ސްކީމުގެ ލިމިޓަށްވުރެ އިތުރު ކަމަށް ވެސް ބީއެމްލް އިން ބުންޏެވެ.

ބީއެމްއެލް އިން ލޯނު ދޫކުރާނީ ފޯމު ހުށަހަޅާ ތަރުތީބަށް ބަލައި ޝަރުތު ހަމަވާ ވިޔަފާރިތަކަށް އިސްކަން ދީގެންނެވެ.

އެހެން ކަމުން މި ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 17 ވަނަ ދުވަސް ކަމަށް ބީއެމްއެލުން ބުންޏެވެ.

ލޯނަށް އެދި އެހާތަނަށް ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު ފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ، އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

މިއީ ރަހުނަކާނުލައި ހަ ޕަސެންޓުގެ ކުޑަ އިންޓްރެސްޓު ރޭޓާއެކު ދޫކުރާ ލޯނެކެވެ. މި ލޯނު ދައްކަން ވިޔަފާރިތަކަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.