ޓްރީ ޓޮޕްގެ ހެލްތު ކޭމްޕަށް އާންމުންގެ ބޮޑު ތަރުހީބެއް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭއްވި ހެލްތު ކޭމްޕްގެ ތެރެއިން -ފޮޓޯ:ޓްރީ ޓޮޕް

އާންމުންގެ ބޮޑު ތަރުހީބަކާ އެކު، ޓްރީޓޮޕް ހޮސްޕިޓަލުން އޭދަފުށީގައި ބޭއްވި ހެލްތު ކޭމްޕް އިއްޔެ ނިންމާލައިފި އެވެ.

ހުކުރު ދުވަހު ހެނދުނު 9 އިން އިއްޔެ ހަވީރު 6 އަށް ބޭއްވި މި ކާމިޔާބު ހެލްތު ކޭމްޕް ގައި 301 ބަލިމީހަކަށް ފަރުވާ ދިނެވެ. މި ކޭމްޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހިލޭ ލިބިފައިވެ އެވެ.

އެގޮތުން، ކަށީގެ އޮޕަރޭޝަންގެ ހާއްސަ ތިން ޑޮކްޓަރުން ކަމަށްވާ ޑރ. މުހައްމަދު ހަބީބާއި ޑރ. ހުސައިން ފައިސަލް އާއި ޑރ. އަލީ މުޒުނީ އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހެމަތު އޯޑަ އަށް ދެއްކުމުގެ ފުރުސަތު އޮތެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭއްވި ހެލްތު ކޭމްޕްގެ ތެރެއިން -ފޮޓޯ:ޓްރީ ޓޮޕް

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހެލްތު ސާވިސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން މިފަދަ ކޭމްޕުތައް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ، މިއަތޮޅުގެ ރައްޔިތުން މާލެގޮސް ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަތައް ނުކޮށް، އަމިއްލަ ރަށުގައި ބައިތިއްބައިގެ އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިއީ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް ބާއްވާ ކޭމްޕުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ޓްރީޓޮޕް ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލު ގުޅިގެން ބޭއްވި ކޭމްޕެކެވެ.

މި ކޭމްޕަށް ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލް އަދި ޖަމިއްޔަތުލް ވަފާ އާއި ފޭލި ޖަމިއްޔާގެ އިތުރުން ބައެއް އާއްމުންގެ އެހީތެރިކަން ވެސް ލިބުނުކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.