އޭދަފުށީ ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރުވަނީ

އޭދަފުށީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ތަރައްގީ ކުރި ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތްނިމި އެ ތަން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އޭދަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލުން ބުނިގޮތުގައި ވޯލްޑް ބޭންކްގެ އެހީގައި މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްގެ ދަށުން އޭދަފުށީގައި މިހާރު ހުރި ކުނިކޮށި އަޕްގްރޭޑްކޮށް އެތަނުގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް އަޅަން ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

“އިމާރާތް މިހާރު ހުރީ ނިމިފައި، ދެން އޮތީ އެ ތަނަށް ބޭނުންވާ މެޝިނަރީޒް ތައް ގެނެސް އިންޓޯލް ކުރުމުގެ މަސައްކަތް، އުއްމީދު ކުރަނީ ވަރަށް އަވަހަށް އެ ސެންޓަރު ހުޅުވިގެންދާނެ ކަމަށް،” ކައުންސިލުގެ މެންބަރަކު ވިދާޅުވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ ސެންޓަރު ހުޅުވުމުން، ވޭސްޓް ރިސޯސް މެނޭޖްމެންޓުން ކުނި ތައް ވަކިކޮށް، ރިސައިކަލް (އަނބުރާ އިއާދަކުރެވޭނެ ކުނި) ކުރެވޭނެ ކުނި ރައްކާތެރިކަމާއެކު އެއްތަންކޮށް އަދި ހަލާކުވާ ޒާތުގެ ކުނިތައް ވަންދޫ އަށް ގެންގޮސް ނައްތާލެވޭނެ ކަމަށެވެ.

އަދި ހަލާކުވާ ޒާތުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސެމި އޮޓޮމެޓިކުން ގަސްކާނާ ހެއްދުމަށް ބަދަލުކުރެވޭނެ ކަމަށާއި އާއްމުކޮށް ވަޅުލައިގެން ކުނި ނައްތާލުމަށް ކުރާ މަސައްކަތުގެ އިތުރުން ކުނީގެ ސަބަބުން ރަށަށް ދިމާވެފައިވާ މައްސަލަތަކަށް މި ސެންޓަރުން ނިމުމެއް ގެނެސްދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.