އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާ އަލުން ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނި ތަކަށް ހާއްސަކޮށްގެން ބާއްވާ “ހަށިހެޔޮ އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާ” ރޭ އަލުން ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފެށި މި މުބާރާތް މެދުކަނޑާލީ، ފުރަތަމަ މެޗުގައި ފުލުހުންގެ ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމަށް ހާޓް އެޓޭކެއް ޖެހުމާ ގުޅިގެންނެވެ. ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ ފުޓުބޯޅަ ކުޅެން ހުއްޓަ އެވެ. މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޭނާ ވަނީ އަވަހާރަވެފައެވެ.  

އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި އެކި އޮފީސްތަކުން  ކޮމްބައިންކޮށް ޓީމުތައް ހިމެނޭގޮތަށް ފިރިހެން ހަތް ޓީމު އަދި އަންހެން ޑިވިޝަންގައި ތިން ޓީމު ވާދަކުރެއެވެ. ޕޮލިސް ޓީމު މުބާރާތުން ވަކިވެފައެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެނަކަ އަދި ކައުންސިލް ކޮމްބައިން ޓީމެވެ. މި މެޗް 3-2 އިން ކާމިޔާބު ކުރީ ފެނަކަ ޓީމެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ބީއޭއީސީ ކޮންބައިން އަދި އަތޮޅު ހޮސްޕިޓަލުގެ ކޮމްބައިން ޓީމެވެ. މި މެޗް 3-0 ލަނޑުން ކާމިޔާބުކުރީ ހޮސްޕިޓަލް ކޮމްބައިން ޓީމެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އަތޮޅު ހޮސްޕިޓަލް ޓީމާ ބައްދަލުކޮށް 2-1 އިން މޮޅުވީ ކައުންސިލު ކޮމްބައިން ޓީމެވެ.

މި މުބާރާތުގެ ކުޅުން މިއަދު ހަވީރު އަދި މިރޭ ވެސް ކުރިއަށްދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.