ކެންދު އާއި ގޮއިދޫގައި އައުޓް ޑޯ ވޮލީ ކޯޓް އަޅަން ހަވާލުކޮށްފި

ބ. ކެންދޫ އާއި ގޮއިދޫގައި ހިމެނޭގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހައިލައިގެން 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް އަޅަންކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.

ބ. އަތޮޅުގެ މި ދެރަށުގެ އިތުރުން ވޮލީ ކޯޓްތައް އަޅަނީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ޏ. ފުވައްމުލައް އަދި ސ. ފޭދު އެވެ.

މި 25 ރަށުގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމަށް އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙުމަދު އިބްރާހީމެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރު މަހުލޫފު ކުރިން ވިދާޅުވީ މިއިން ކޮންމެ ކޯޓަކަށް މިލިއަނެއްހާ ރުފިޔާ ހޭދަ ވާނެ ކަމަށެވެ.

އޭނާ އޭރު ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރިން އަޅާފައިވާ އައުޓްޑޯ ކޯޓްތަކަށް ވުރެ، އަލަށް މިފަހަރު ކޮންޓްރެކްޓަރުންނާއެކު އިއްޔެ ސޮއިކުރި 25 ރަށުގައި ގާއިމުކުރާ ވޮލީކޯޓުގެ ފެންވަރު ރަނގަޅުވާނެ އެވެ.

 ސަރުކާރުން އަލަށް ހަދާ ވޮލީ ކޯޓްތައް ގާއިމުކުރަނީ ފްލޯރިންގެ އިތުރުން ފެންސާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓިން ސިސްޓަމް ވެސް ބަހައްޓައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.