ތުޅާދޫ ކައުންސިލްގެ އެސްޖީގެ މަގާމަށް އާއިޝަތު ރަޝީދާ

ބ. ތުޅާދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އެރަށު ދިލްކުސާގޭ އާއިޝަތު ރަޝީދާ އައްޔަންކޮށްފިއެވެ.

ކައުންސިލް އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ ގޮތުގައި ހަމަޖައްސަން ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އާއިޝަތު ރަޝީދާ އައްޔަންކޮށްފައިވަނީ މިދިޔަ ހޯމަދުވަހު އެވެ.

މިއަދު އެސްޖީއަކަށް އައްޔަންކުރެއްވި ޢާއިޝަތު ރަޝީދާވަނީ މާސްޓަރ އޮފް ޓީޗިންގ ދިވެހި ލެންގްވިޖް ފުރިހަމަ ކުރައްވާފައެވެ. އަދި ޕޯސްޓް ގްރެޖުއެޝަން އިން އެޑިޔުކޭޝަންއާއި ބެޗްލަރ އޮފް އާރޓްސް އިން ދިވެހި ލޭންގްވިޖް ކޯސް ވެސް ފުރިހަމަކުރައްވާފައެވެ.

ޢާއިޝަތު ރަޝީދާ މިހާތަނަށް ހުންނެވީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމުގައެވެ. މީގެ އިތުރުން އޭނާ ވަނީ ތުޅާދޫ ސްކޫލުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމުގައި ހަ އަހަރު ދުވަސްވަންދެން މަސައްކަތް ކުރައްވާފަ އެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާ އެކު ސީއެސްސީންނެވެ. އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުމަށް ފަހު 60 ޕަސެންޓަށް ވުރެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން، މެރިޓް އުސޫލުން އެންމެ ގާބިލް މީހެއް ކަނޑައަޅައި އެ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާ ހޯދަ އެވެ. މަގާމަށް އައްޔަންކުރަނީ އޭގެ ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.