އުރީދޫގެ 11 ބުރީގެ އާ އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އުރީދޫ މޯލްޑިވްސްގެ 11 ބުރީގެ އާ ކޮމާޝަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް މިއަދު އިފްތިތާހުކޮށްފި އެވެ.

މި އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް އިފްތިތާހު ކޮށްދެއްވައިފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބް ޚާން ގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓް ޓީމްގެ މެމްބަރުންގެ ހާޒިރުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އުރީދޫން ބުނި ގޮތުގައި ހުޅުމާލޭގައި 6982.89 ސްކުއާ މީޓަރުގެ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިގެންދާނެ އެވެ.

ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވޭ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، އެންޓަޓޭންމެންޓް އޭރިއާ، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ސެމިނާ ހޯލް، ޕާކިން އޭރިއާ އަދި އިތުރު އެތައް ޙިދުމަތްތަކެއް މުވައްފުނަށް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީހުގެ މަސައްކަތް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.