މެެޖިސްޓްރޭޓް އަހްމަދު ލަތީފް އަނެއްކާ ވެސް ސަސްޕެންޑްކޮށްފި

އޭދަފުށީ މެޖިސްޓްރޭޓް ކޯޓް.

ބ. ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް ދެ ހަފްތާއަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ އަހްމަދު ލަތީފް ސަސްޕެންޑްކުރަން ނިންމީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ޚަޞްމަކާ އޮންނަ ގުޅުމަކާ ގުޅިގެން ކަމަށްބުނެ އެ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

އެގޮތުން އިސްމެޖިސްޓްރޭޓް އަޙުމަދު ލަޠީފު އެ މައްސަލައިން ތަނާޒުލްވެ، ހަމަ އެ ޚަސްމާ ގުޅޭގޮތުން ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް ބެލުމުން އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފު ތަނާޒުލުވުމެއްނެތި، އެ މައްސަލައިގައި ހިމެނޭ ޚަސްމުގެ ބަންދާމެދު ގޮތެއް ނިންމާފައިވާތީއާއި، އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމާފައިވަނީވެސް ކަނޑައެޅިގެން ޤާނޫނާ ޚިލާފަށްކަމަށްވާތީ، އޭނާ ދެ ހަފްތާއަށް ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ.

އަޙްމަދު ލަޠީފު، ސަސްޕެންޑް ކުރަން ނިންމުމާ ގުޅިގެން، ބ.ޖުޑީޝަލް ދާއިރާ ހިންގުން ބ.ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝުޖާޢުއާ ވަނީ ޙަވާލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.