ރަންނަމާރި ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ރަންނަމާރި ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އުރީދޫ އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން– ފޮޓޯ: އުރީދޫ

ގައުމީ ސާފިން ޗެމްޕިއަންޝިޕް، “ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021” ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

މި މުބާރާތް ބާއްވާ މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިއްޔެ ވަނީ އުރީދޫއާއެކު މި އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

ރަންނަމާރި ޗެލެންޖަކީ 2001 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ ރާޅާ އަޅާ ގިނަ ބަޔަކު ބައިވެރިވާ މުބާރާތަކަށްވާއިރު މި އަހަރު ވެސް 25 ރަށެއްގެ 102 ރާޅާއެޅުންތެރިން މި ޗެލެންޖުގައި ބައިވެރިވާނެ އެވެ.

މި އަހަރުގެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 22-30 އަށެވެ. މި މުބާރާތުގައި ޕޮއިންޓް ދިނުމުގައި ބޭނުން ކުރާނީ ޑިޖިޓަލް ސްކޯރިން ސިސްޓަމެކެވެ. މިއީ ރާޅާ އެޅުމުގެ މުބާރާތެއްގައި މިފަދަ ސިސްޓަމެއް ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި “ޝޯޓް ބޯޑް” އާއި “ލޯންގް ބޯޑް” އަދި ސްޓޭންޑް އަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ކެޓަގަރީން ރާޅާ އެޅުންތެރިން ބައިވެރިވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.