އޯ ލެވެލް ގަދަ 10 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 9 ދަރިވަރުން

ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލުގެ ޕްރިންސިޕަލާއެކު– ފޮޓޯ / ހަރުޝާ

2019 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 9 ދަރިވަރަކު ހިމެނިއްޖެ އެވެ.

އިމްތިހާން ހެދި އަށް މާއްދާއިން އޭ ސްޓާ ހޯދައިގެން އޭގެ ތެރެއިން އެއް ދަރިވަރަކު، ރާއްޖޭގެ ގަދަ 10ގެ އެއް ވަނައިގައި ހިމެނިފައިވެ އެވެ.

ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން

  • މުހައްމަދު ނާހިލް އަހްމަދު، ގަހާ، ބ. އޭދަފުށި – އެއްވަނަ
  • މުހައްމަދު ނާއިޝް، ދަނބުގެ، ބ. އޭދަފުށި – ތިން ވަނަ
  • ހިދާޔާ އަބްދުލްހަމީދު، ޖަނަވަރީގެ، ބ. ކިހާދޫ – ފަސް ވަނަ
  • އަހްމަދު ޝަމްވީލް، ހިޔާ، ބ. ހިތާދޫ- ހަތް ވަނަ
  • ހުސެއިން އައްޒާމު، އައްސޭރި، ބ. ގޮއިދޫ – އަށް ވަނަ
  • މަރިޔަމް ނައުޝީން ޝަމީމް، އިރުދޭމާގެ، ބ. އޭދަފުށި – ދިހަ ވަނަ
  • މަރިޔަމް އުލާ ޝާކިރު، ޑިލައިޓް، ބ. އޭދަފުށި – ދިހަ ވަނަ
  • މިންހާ ނަސީމް، ބަނަފުސާގެ، ބ. ފެހެންދޫ – ދިހަ ވަނަ
  • ސާޖިދާ އިބްރާހިމް ރަޝީދު، ދިރާސާ، ބ. ކުޑަރިކިލު – ދިހަ ވަނަ

މީގެ އިތުރުންވެސް މިއަތޮޅު ބައެއް ސްކޫލުތަކުގެ ދަރިވަރުންނާއި މާލޭ ސްކޫލުތަކުގައި މިދިޔަ އަހަރު އޯލެވެލް ނިންމި މިއަތޮޅަށް ނިސްބަތްވާ ކުދިން އޯލެވެލް ގަދަ 10 ގައި ހިމެނިފައިވެ އެވެ.

އެ ދަރިވަރުންނަށް އެވޯޑު ދިނީ، އޯލެވެލް އިން ރަން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް އަމީނިއްޔާ  ސްކޫލުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 

އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި 400 އަށް ވުރެ ގިނަ ދަރިވަރުން ހިމެނި، ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ފަސް ދަރިވަރަކަށް ވަނީ ލިބިފަ އެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙެވެ.

ރައީސް ވިދާޅުވީ ސާނަވީ އިމްތިހާނު ނިންމާ ކުދިންގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، އެ އިމްތިހާނު ނިންމުމަށް ފަހު މަތީ ސާނަވީއާ ކުރިމަތިލާ ދަރިވަރުންގެ އަދަދު މަދުވާ މައްސަލަ ބަލަންޖެހޭ ކަމަށެވެ.

އަދި އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލްއަށް ވަންނަނީ ގާތްގަނޑަކަށް 35 ޕަސެންޓް ދަރިވަރުން ކަމަށާއި އެފަދަ ކަތި ފިޔަވަޅުން މުޅި ގައުމަށް ގެއްލުން ލިބިގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.