އަނެއްކާވެސް އޭދަފުށީގައި ކޮވިޑް ފެތުރެނީ

އޭދަފުށިން އަނެއްކާ ވެސް ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ މީހުންނާ ގުޅުން ހުރި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ، އެ ބައްޔަށް މި ހަފްތާތެރޭ އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި ފަހަރު އަނެއްކާ ވެސް އަލުން އޭދަފުށިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދެ މަހެއްހާ ދުވަސް ފަހުން އިތުރު ކޭސްތަކެއް ނުފެނި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައި ވަނިކޮށެވެ.

ކޮވިޑު-19 ގެ ބަލި އޭދަފުށީގައި ފެތުރެމުން ދިޔަ ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ ވިސްނުން މިވަގުތު ހުރީ ބައްޔާއި އެކު ކުރިއަށް ދިއުމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުމެވެ.

ކޮވިޑުގެ ހަތަރު ވަނަ ރާޅަށްފަހު މާލޭ ސަރަހައްދުގައި އެ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްވިއިރު، ރަށްރަށުގެ ހާލަތު މިހާރު ވަނީ ގޯސްވެފަ އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދާދިފަހުން ވިދާޅުވި ގޮތުގައި ކޮވިޑުގެ ކޭހެއް ނެތް ނަމަވެސް ރަށްރަށުގައި ވެސް މާސްކް ނާޅާ އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ކޮވިޑު ފެތުރޭތީ 22 ރަށަކަށް އަރައި ފޭބުން އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.