“ބީއެމްއެލް ކިޑްސް ރަން” އަންނަ މަހު 17ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ “ބީއެމްއެލް ވާއު ކިޑްސް ރަން” އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ދުވުމުގައި، ޑިސެމްބަރު 2 ވަނަ ދުވަހުގެ ކުރިން ފެށިގެން ޓީއެފްޓީގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީ ވެވޭނެ ކަމަށެވެ.

ތިން އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާ މި ދުވުމުގައި، ތިން އަހަރުން ފެށިގެން ނުވަ އަހަރާ ދެމެދުގެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ބައިވެރިވެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ.

ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކުގައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ދުވުމުގައިވެސް  1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.