އޭދަފުށީގައި ޑިގްރީއަށް ކިޔަވައިދިނުން އިފްތިތާހުކޮށްފި

އޭދަފުށީގައި ޑިގްރީއަށް ކިޔަވައިދިނުން ފެށޫން އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިން
އޭދަފުށީގައި ޑިގްރީއަށް ކިޔަވައިދިނުން އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިން

ވިލާ ކޮލެޖުން އޭދަފުށީގައި ޑިގްރީއަށް ކިޔަވައިދިނުން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިރަށުގައި ޑިގްރީއަށް ކިޔަވައިދިނުން އިފްތިތާހުކުރުމަށާއި ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހަށް މޭ އިންޓޭކަށް އަލަން ގުޅުނު ކުދިންނަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަހްމަދު އަންވަރު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ އންވަރު ވިދާޅުވީ އަމިއްލަ ރަށުގައި ތިބެގެން ޑިގްރިއަށް ކިޔެވޭނެ ޕްރޮގްރާމެއް އިފްތިތާހުވާކަން އެއީ އޭދަފުށީގެ ތައުލީމީ ހަރުފަތްތަކުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމެއްކަމަށެވެ. އަދި ވަރަށް ފަހަކާ ޖެހެންދެންވެސް ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ލިބިފައިވަނީ ރާއްޖޭގެ ވަރަށްމަދު ރަށެއްގެ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނަށް އެކަނި ކަމަށް އަންވަރު ފާހަގަ ކުރެއްވި އެވެ.

“އަމިއްލަ ރަށުގައި ތިބެގެން ޑިގްރީއަށް ކިޔެވުމަކީ ރާއްޖޭގެ ރަށެއްގައި ވެފަ ނެތް ކަމެކޭ ދެންނެވިދާނެ. އެހެން ކަމަށްވުމާއެކު ތި ކުދިންނަކީ ވަރަށްނަސީބު ރަނގަޅު ބައެއް” އަންވަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ރޭ އިފްތިތާހުކުރި ޑިގްރީ ޕްރޮގްރާމުގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ ބެޗެލާސް އިން ބިޒިންސް އެޑްމިނިސްޓްރޭޝަން ކޯހުގައި 21 ދަރިވަރަކުވަނީ ބައިވެރިވެ ފައެވެ. ޑިގްރީ ކްލާސްތަކުގެ ކިޔެވުން ދެވަނަ ސިމެސްޓާއާއެކު މި ހަފްތާތެރޭ ފެށޭނެ ކަމަށް ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ބުންޏެވެ. އެ ކެމްޕަހުގައި އަންނަ އަހަރު އައިޓީ ދާއިރާގެ ޑިގްރީ ކޯހެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    teacher

    ކޮން އިރަކުންތަ ވިލާއިން އޭދަފުށީގައި ޓީޗިންގ ޑިގްރީ ފައްޓަނީ… މި ކަމުގެ މަޢުލޫމާތު މި ސައިޓް މެދުވެރިކޮށް ލިބޭނެގޮަތް ހައްދަވައިދެއްވުން އެދެން،

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.