އޭދަފުށީ ފަޅު ހިއްކައިދޭނީ އިތުރު ބަނދަރަކާވެސް އެކު: ގާސިމް

ބ.އޭދަފުށި، މެއި 11، 2013 - މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޭދަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ. --
ބ.އޭދަފުށި، މެއި 11، 2013 – މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޭދަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ. —

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އޭދަފުށީގައި އިތުރު ބަނދަރަކާ އެކީގައި ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

 އެ ޕާޓީން ބ. އަތޮޅަށް މިހާރު ކުރާ ކެމްޕޭން ދަތުރުގައި އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭދަފުށީގައި އިތުރު ބަނދަރަކާ އެކީގައި ފަޅުން ހިއްކެން އޮން އެންމެ ބޮޑަކަށް ހިއްކައިދީ މިރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދެއްވާނެކަމަށެވެ.

 އަދި މީގެ އަހަރުތަކެއް ކުރިން މިރަށު ބަނދަރުގެ އިރުމަތީ ހުރަސް ވާޓަރުގައި ޖަހާފައިވާ ޝީޓްޕައިލް ތައް މަތިން އަޅަންޖެހޭ ޝީޓް އަޅާ ނުނިމިހުރިކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ، އެކަން ކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާތީ އެ ފައިސާ ލިބިގެން މި މަސައްކަތް ކޮށްދެއްވައިތޯ ރައްޔިޔުންގެ މަޖިލިސް މެދުވެރިކޮށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް ކޮށްދެއްވާނެ ކަމަށެވެ.

“މިއަހަރު ނިމުމުގެ ކުރިން ސަރުކާރުން އެ މަސައްކަޔް ކޮށްނުދެއްވައިފިނަމަ، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް އެކަމަށް ދާ ޚަރަދުގެ ދެބައިކުޅަ އެއްބައި އަޅުގަނޑު ދީގެން ހަދައިދޭން،” ގާސިމް ވިދާޅުވި އެވެ.

އޭދަފުށީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ގާސިމް ވިދާޅުވީ ކަނޑުމަތީގެ ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދު ފަހަރު އިތުރުވަމުންދާއިރު އަދި ކަނޑުފޭރުމުގެ ނުރައްކާ އޮތްއިރު އަސްކަރިއްޔާގެ ގާބިލުކަން ވަރުގަދަކުރުން ވާޖިބު ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި މާލެ އަތޮޅުގެ އުތުރު ތިލަފަޅު ހިއްކައި ތަރައްގީކޮށް، އެ ތަނުގައި އަސްކަރިއްޔާގެ ވަޔާއި ކަނޑުގެ ފްލީޓުތަކުގެ ހާއްސަ މަރުކަޒެއް ތަރައްގީކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޝަރުއީ ނިޒާމުގެ ތަރައްގީއަށްޓަކައި އެ ދާއިރާ އަށް މިހާރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަން ފިލުވައި ދިނުމަށްޓަކައި ސުޕްރީމް ކޯޓާއި ހައި ކޯޓަށް ހާއްސަ އިމާރާތެއް ވެސް ޖޭޕީ ސަރުކާރުގެ ފުރަތަމަ ދެ އަހަރުތެރޭގައި ބިނާކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. Avatar
    nooon

    ކޮންމެ ވެރިކަމަކު މިރަށަށް ކުރަންޖެހޭ، ލިބެންޖެހޭ ބައިވަރު އޮންނާނެ. އެކަން ކުރާނެވެސްމެ…… މައުމޫނުވެސް ހެދީ އެހެންނު……

    ރައްދު
  2. Avatar
    naseer mohamed

    މަވެސް ގާސިމަށް.އަންނި މި ދެން ކާކު ؟ ހުސް ދޮގު ވިއްކައިގެން ވޯޓް ހޯދަން އުޅުނަސް މިފަހަހަރަކު ނުވާނެ ތިކަމެއް. އެއް ބުރުން ފެއިލް.

    ރައްދު
  3. Avatar
    moniya

    މަގޭ ވޯޓް ގާސިމަށް. އަންނި ކަމެއްކޮށްދޭނީ ރައްޔިތުންނަކަށްނޫން. ޕާޓީއަށް. ޕާޓީ މީހުން ގިން ރަށްރަށަށް. އެހެނެއްނޫން ގާސިމް ކޮންމެރަށަކަށްވެސް ކަންތައްކޮށްދޭނެ. އެކަން ވާނީ ހަމަ ގާސިމަށް.

    ރައްދު
  4. Avatar
    Vaade

    ނުވާނެ އެއްކަމެއްވެސް. ތިކަން ކުރެވޭނީ ނަސީދަށް އެކަނި.! ބިން ހިއްކަން އެހާ ގާބިލް މީހެއް ނެޠް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.