ބ. އަތޮޅުން އެތައް ސަތޭކަ ރައްޔިތުން ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިފައި: ޖޭޕީ

ބ.އޭދަފުށި، މެއި 11، 2013 - މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޭދަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ. --
ބ.އޭދަފުށި، މެއި 11، 2013 – މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޭދަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ. —

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިދިޔަ ހަފްތާ ބަންދުގައި ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިއަތޮޅުން އެތައް ސަތޭކަ ބަޔަކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފއިވާ ކަމަށް އެ ޕާޓިން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ވެބްސައިޓްގައި ބުނެފައިވަނީ ބ.އަތޮޅުގެ ބައެއް ކައުންސިލަރުންނާއި މިއަތޮޅުގެ ރަށްރަށުގެ ކަމުވޮށިގެންވާ ގިނަ ބަޔަކުވެސް އެ ޕާޓީއާއި ގުޅިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ކުރިން އެމްޑީޕީގައި އިސްކޮން ހަރަކާތްތެރިވި މިއަތޮޅުގެ ބައެއް އެމްޑީޕީގެ އެކްޓިވިސްޓުންވެސް އެމަނިކުފާނުގެ މިދަތުރުފުޅުގައި އެ ޕާޓީއާއި ގުޅިފަވަޑައިގެންފައިވާ ކަމަށް އެ ޕާޓިން ބުނެއެވެ.

އެމަނިކުފާނު ބ. އަތޮޅަށް މިކުރެއްވި ދަތުރުފުޅަކީ އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީޕާޓީން އެކުލަވާލާ މެނިފެސްޓޯއަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ކުރަމުން ގެންދާ ދަތުރުފުޅު ތަކުގެ ތެރެއިން ދަތުރެކެވެ. ޖުމްހޫރީ ޕާޓީން ބުނީ އެމަނިކުފާނުގެ މިދަތުރުފުޅަކީ ވަރަށްވެސް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    someone

    އޭދަފުށީގެ ރައްޔިތަކަށް ވެހުރެ ބުނެލަންބޭނުން ދަރިން ސިޔާސީ ނުކުރރުމަށް.. ރަށާދުރުގަ އުޅެންޖެހުމުން ރަށުގެ ހަބަރުބަލަލަން އޮންނަ ހަމައެކަނި ވެބްސައިޓުން ފެނިގެންދަނީ ކުޑަކުދިން ބައިވެރިކުރުމަކީ ރަނގަޅު ކަމަކަށް ހަދައިގެން ކޮންމެ ހަބަރެއްގެ ފޮޓޯއަކަށް ކުޑަކުއްޖެއް ޖަހައިގެން ހަބަރު ގެނައުން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.