ފޭލިން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ފަސްހާސް ޑޮލަރުގެ އެހީއެއް

ފޭ
ފޭލިން ބ. އަތޮޅު ތައުލީމީ މަރުކަޒަށް މަލްޓިމީޑިއާ ޕްރޮޖެކްޓަރުތައް ހަވާލުކުރަނީ – ފޮޓޯ / ފޭލި

 

ބ. އަތޮޅު އަތޮޅު ތައުލީމީ މަރުކަޒަށް އޭދަފުށީ ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ހަތް މަލްޓިމީޑިއާ ޕްރޮޖެކްޓަރު ހަދިޔާކޮށްފި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ ރަށުގެ ތައުލީމު ކުރިއެރުވުމަށްޓަކައި ހިންގާ ޕްރޮގްރާމުގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒަށް މި ޕްރޮޖެކްޓަރުތައް ހަދިޔާކުރީ ސްކޫލް ޑިޖިޓަލު ކުރުމުގެ މަޝްރޫއަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު އޮތް ރަސްމިއްޔާތުގައި ފޭލި ޖަމިއްޔާގެ ފަރާތުން ޕްރޮޖެކްޓަރުތައް ހަވާލުކޮށްދެއްވީ ފޭލި ޖަމިއްޔާގެ ހިންގާ ސެކްރެޓަރީ މުހައްމަދު ރަޝީދު އެވެ. ތައުލީމީ މަރުކަޒުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޕްރިންސިޕަލް އަހްމަދު ރަފީއު އެވެ.

ފޭލި ޖަމިއްޔާ އިން ބުނީ މިއީ އޭދަފުށީގެ ތައުލީމު ކުރިއެރުވުމަށްޓަކައި އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީ ލިބިގެން ދީފައިވާ އެހީއެއް ކަމަށެވެ. އަދި މިއީ ފަސްހާސް ޑޮލަރު (ގާތްގަނޑަކަށް ހަތްދިހަ ހާސް ރުފިޔާ) ގެ އަގު ހުރި އެހީއެއް ކަމަށްވެސް ފޭލިން ބުންޏެވެ.  އަދި ކުރިއަށްއޮތް ތާނުގައިވެސް މިފަދަ އެހީތައް ސްކޫލަށް ދެވޭތޯ މަސައްކަތ ކުރާނެ ކަމަށްވެސް ފޭލިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ މި ލިބުނު އެހީގެ ސަބަބުން ސްކޫލް ޑިޖިޓަލް ކުރުމުގެ މަޝްރޫއުއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް މި ޕްރޮޖެކްޓަރުތައް ކްލާސްރޫމުތަކުގައި އިންސްޓޯލު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރަފީއު ވިދާޅުވި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ 2009 ވަނަ އަހަރުވެސް ބ. އަތޮޅު ތައުލީމީ މަރުކަޒަށް އެއް ލައްކަ ރުފިޔާގެ އަގުހުރި ދެ ސްމާޓް ބޯޑް ހަދިޔާ ކޮށްފައިވާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ވެސް މީގެ ކުރިން އެ ޖަމިއްޔާއިން އެ ސްކޫލަށްވަނީ ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    tb

    ަުަެެެެެްއެއީ ފޭލިން ދިން އެއްޗެއް ނޫން އަލިފުޅު ތުއްތު ފައުންޑޭސަނުން ދިން އެއްޗެއ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.