ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތުދީފި

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ދިރާގުއް ބޭއްވި ބައްދަލުވުމުގެ ތެރެއިން—ފޮޓޯ / ދިރާގް
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ދިރާގުއް ބޭއްވި ބައްދަލުވުމުގެ ތެރެއިން—ފޮޓޯ / ދިރާގް

 

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭގޮތުން ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބ. އޭދަފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންގޮސްފި އެވެ.

ބަހިއްޔާ ޕްރީ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން މިއަތޮޅު ހިބަޅިދޫގައި މިއަދު ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ޖުމްލަ 68 ބެލެނިވެރިން ބައިވެރިވި ކަމަށް ދިރާގުން ބުންޏެވެ.

ބ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުން މަޢުލޫމާތު ދެއްވި މި ޕްރޮގްރާމްގައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ކުޑަކުއްޖަކަށް އެފަދަ އަނިޔާއެއް ދިމާވުމުން ޢަމަލުކުރާނޭ ގޮތްތަކާއި، އަނިޔާއެއް ކުރިމަތިވުމުގެ ކުރިން ރައްކާތެރިވާނޭ ގޮތްތަކާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެ އެވެ.

ދިރާގުން ހިންގާ އިޖްތިމާޢީ ޙަރަކާތްތަކުގެ ތެރެއިން މި ޕްރޮގްރާމް ކުރިއަށް ގެންދެވުނުއިރު މިއަހަރުގެ ދިރާގު ރޯޑް ރޭހުގެ ޝިއާރަކީވެސް “ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން” ކަމަށް އެކުންފުނިން ބުނެއެވެ. އަދި   ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އިޖުތިމާއީ ޒިންމާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.